މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫއިން ގެސްޓްހައުސްގެ ވިޔަފާރިއަށް އަދި ޑައިވް ސެންޓަރ އާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

ބ.ކިހާދޫއިން ގެސްޓްހައުސްގެ ވިޔަފާރިއަށް އަދި ޑައިވް ސެންޓަރ އާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރި ކުރުމަށް ބިން

ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް 2023 ޑިސެމްބަރ 25 ވަނަ ދުވަހު ކުރެވެނު އިޢުލާނު ނަންބަރ:(IUL)316/316/2023/121 އާއި ގުޅިގެން ބިޑް ފޮތް ގަތުމަށް ދެވިފައިވާ މަރުހަލާގައިވެސް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ އެންމެ ކުޑަ އަގު ހުރިހާ ފަރާތްތަކަށްވެސް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް  ކައުންސިލަށް ޤަބޫލުކުރެވޭތީ އެ މައުލޫމާތު އާންމު ކުރަމެވެ.

 

ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް ދޫކުރެވޭ ބިންތަކުގެ އެންމެ ކުޑަ އަގު: މަހަކު އަކަފޫޓަކަށް 8.00 ރުފިޔާ

ޑައިވް ސެންޓަރ އާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ދޫކުރެވޭ ބިންތައް: މަހަކު އަކަފޫޓަކަށް 8.00 ރުފިޔާ

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޑިސެންބަރު 2023
ހޯދާ