މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

އިޢުލާން

މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

        1445 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ފަރާތްތަކަކީ ދިވެހި ޙާފިޡުން ކަމުގައި ހެދުމަށާއި އެކަމަށް އެންމެ ޤާބިލް ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

        އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ މެދުގައި ޓެސްޓެއް ބޭއްވޭނެއެވެ. އެއަށްފަހު ޙިފްޡު އެންމެ ރަނގަޅު 04 ފަރާތެއް ކަނޑައެޅިގެންދާނެއެވެ.

        ވީމާ 1445 ވަނަ އަހަރު ރަމަޟާން މަހު މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ޙާފިޡުންނަށް ކަނޑައެޅިފައިވާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބޭނެއެވެ. އެ ފޯމުފުރިހަމަކޮށް ލިޔުންތަކާއެކު 2024 ފެބުރުވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އުޖޫރަ (އެލަވަންސް):

        ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

                               11 جُمَادَى الْآخِرَة 1445

24 ޑިސެންބަރު 2023

 

24 ޑިސެންބަރު 2023
ހޯދާ