މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Türkiye Scholarships 2024

Türkiye Scholarships 2024

ޤައުމު: ތުރުކީ

15 ބެޗްލަރސް ޑިގްރީ

10 މާސްޓަރސް ޑިގްރީ

5 ޑޮކްޓޯރަލް ޑިގްރީ 

ކޯހުގެ ލެވެލް އަދި ޢަދަދު:

ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކް (ޓަރކިޔޭ ވެބްސައިޓް) އިން ލިބެން ހުންނާނެއެވެ.

https://turkiyeburslari.gov.tr/fulltimeprograms

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ.TOEFL 550 އިން ފެށިގެން މަތި.

 ރ.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް

4. އެމްބީބީއެސް / ޑެންޓިސްޓްރީ އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.

5. 20 ފެބްރުވަރީ 2024 އަށް އުމުރުން 21 އަހަރުވެފައިނުވުން.  

6. އެދޭ ކޯހާއި ގުޅޭގޮތުން ޓަރކިޔޭ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.

މާސްޓަރސް ޑިގްރ

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 20 ފެބްރުވަރީ 2024 އަށް އުމުރުން 30 އަހަރުވެފައިނުވުން.  

3. އެދޭ ކޯހާއި ގުޅޭގޮތުން ޓަރކިޔޭ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ

1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 20 ފެބްރުވަރީ 2024 އަށް އުމުރުން 35 އަހަރުވެފައިނުވުން.  

3. އެދޭ ކޯހާއި ގުޅޭގޮތުން ޓަރކިޔޭ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2.އެ ދޭކޯހާ އެއްފެންވަރެއްގެ ކޯހެއް ފުރިހަމަކުރުމަށް މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ލޯނެއް ނަގާފައިވާ ފަރާތެއްކަމުގައި ނުވުން.

3.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރު ތަނެއްގެ ސެޓްފިކެޓެއްނަމަ އޮންނަންވާނީ ވެލިޑޭޓްކޮށްފައި)

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށު ކޮޕީ.

4. އެދޭ ކޯހާއި ގުޅޭގޮތުން ޓަރކިޔޭ ވެބްސައިޓްގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

5. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ އަމިއްލަ ލިޔުމެއް.

6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން، މި ކޯސް ފުރިހަމަކުރަން ދޫކުރާނެކަމުގެ ލިޔުން.

7. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕްތަކަށް ނޮމިނޭޓްކުރުމުގައި ފުރަތަމަ އިސްކަންދޭނީ "ޓްރޭނިންގ ނީޑްސް" ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށެވެ. އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ކޯހަކަށެވެ.

- މިސްކޮލަރޝިޕް ލިބޭ ފަރާތްތައް ޓަރކިޔޭ ބަސް ދަސްކުރުމަށް 1 އަހަރު ދުވަހުގެ ކޯހެއް ހަދަން ޖެހެއެވެ.

- މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވެއެވެ. ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

- މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެ ޖާގަތައް ކެންޑިޓޭޓުން އެޕްލައިކޮށްފައިވާ ލެވެލްތަކަށް، މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ކެންޑިޑޭޓުން ހޮވޭގޮތަށް ބަދަލުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް  ޓަރކިޔޭ ވެބްސައިޓުން ލިބެން ހުންނާނެއެވެ. https://turkiyeburslari.gov.tr/whyturkiyescholarships )

- މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، 20 ފެބްރުވަރީ 2024 ގެ ކުރިން ޓަރކިޔޭ ސްކޮލަރޝިޕްސްގެ އޮންލައިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. ޓަރކިޔޭ ސްކޮލަރޝިޕްސްގެ އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް ޓަރކިޔޭ ސްކޮލަރޝިޕްސްގެ ވެބްސައިޓުގައި ބަޔާން ކުރެވިފައިވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

*  އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެ ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެނެކްސް 1 އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި:  07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

21 ޑިސެންބަރު 2023
ހޯދާ