ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި އަލަށް އެޅުމަށް ޑިޒައިން ކުރެވެމުންދާ މިސްކިތް ވިލަރެސްކުރާ ކޮމިޓީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޅ. ނައިފަރުގައި އަލަށް އެޅުމަށް ޑިޒައިން ކުރެވެމުންދާ މިސްކިތް ބިނާކުރުމާއި ގުޅޭ މަސައްކަތްތައް ވިލަރެސް ކުރުމަށް 9 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ނައިފަރު ކައުންސިލްގެ 54 ވަނަ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

މި ކޮމިޓީގައި ނައިފަރު ރައްޔިތުން ތަމްސީލު ކުރާނެ 1 (އެއް) ބޭފުޅަކު ހިމެނުމަށް ނިންމާފައިވާތީ މި ކޮމިޓީގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ފަރާތެއް ވާނަމަ 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

https://forms.office.com/r/Rk7LLQ2Du0

12 ޑިސެންބަރު 2023
ހޯދާ