މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެލައްވާ ޢިލްމުވެރިން ހޯދުން

އިޢުލާން

ދީނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެލައްވާ ޢިލްމުވެރިން ހޯދުމަށް ކުރި ނަންބަރު: (IUL)142-C1/142/2023/231 (12 ނޮވެންބަރު 2023) އިޢުލާނާއެކު އެއްހީރަސްކުރެވިފައިވަ ފޯމަށް އިތުރު ބަދަލު ގެންނަންޖެހޭތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީން އިންތިޒާމްކޮށްގެން 2024 ވަނަ އަހަރު މާލެއާއި، އަތޮޅުތެރޭގައި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ޕްރޮގްރާމުގައި މަސައްކަތްކޮށްދެއްވާނެ ޢިލްމުވެރިންނަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވަޑައިގެންނެވުމަށް ބޭނުންފުޅުވާ ދީނީ ޢިލްމުވެރިން 17 ޑިސެންބަރ 2023 ގެ ކުރިން މި މިނިސްޓްރީގައި ނަންނޯޓް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 3020256 / 3020245 އާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

 

އަދި އޮންލައިންކޮށް ނަންނޯޓް ކުރެއްވުމަށް ތިރީގައިމިވާ ލިންކްގައިވާ ގޫގުލްފޯމް ފުރުއްވުމަށް ދަންނަވަމެވެ.

https://forms.office.com/r/DLgB27dGeM

 

12 ޑިސެންބަރު 2023
ހޯދާ