ދިވެހިރާއްޖެ
ވީޑިއޯ ސްޕޮޓް، ސޯޝަލް ތިއޭޓަރ އަދި އިވެންޓް ފޮޓޯގްރެފީއާއި ވީޑިއޯގްރެފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
ގެވެށި އަނިޔާ ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މި އޮތޯރިޓީއިން ކުރިޔަށްގެންދާ "އައި - ސްޕްރެޑް އަ ސްމައިލް" ކެމްޕޭނުގެ ބޭނުމަށް ތިރީގައިމިވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- 5 ވީޑިއޯ ސްޕޮޓް ތައްޔާރުކުރުން
2- ސޯޝަލް ތިއޭޓަރ ތައްޔާރުކޮށް ހުށަހެޅުން
3- އިވެންޓްތަކުގެ ފޮޓޯގްރެފީ އަދި ވީޑިއޯގްރެފީ ތައްޔާރުކުރުން
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚު  | 
 ވަގުތު  | 
 ތަން  | 
| 
 މައުލޫމާތުދިނުން  | 
 24 މާރިޗު 2015 (އަންގާރަ)  | 
 10:00  | 
 ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ)  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 29 މާރިޗު 2015 (އާދީއްތަ)  | 
 14:00  | 
 ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ)  | 
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
26 ޖުމާދަލްއޫލާ 1436
