ދިވެހިރާއްޖެ
އިޢުލާން
ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމަށް ބާރުއެޅުމަށްޓަކައިކުރެވޭ ދިރާސާގެ ބައިވެރިން ހޯދުމާއިގުޅޭ
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްސަދުގައި ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށްޓަކައި އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އަނބުރާ ޚިދުމަތަށް ނުކުތުމާއި ގުޅޭގޮތުން ދިރާސާއެއްކުރުމަށް ހަމަޖެހިފައިވާތީ، މި ދިރާސާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިންކް 19 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަ ކުރެއްވުންއެދެމެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014407 ،3014419 ފޯނަށް ގުޅުއްވުން އެދެމެވެ.
ލިންކު:
https://forms.gle/y1Ef2J9vKjd6LP9M8