ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ ލަފައާ އެއްގޮތްވާ ގޮތަށް އަމިއްލަ ތަކެތީގައި މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ ބައެއް ތަންތަން މަރާމާތުކުރާނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)222-HMC/1/2015/3)ފ(25 ފެބުރުވަރީ 2015) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އަލުން މި މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | އަންގާރަ | 24 މާރިޗު 2015 | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | ހޯމަ | 29 މާރިޗު 2015 | 11:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޖުމާދަލްއޫލާ 1436
 
                    