މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނު ރަމްޒުކޮށްދޭނެ މޮނިއުމެންޓް ފަރުމާކުރުމަށް ހުޅުވާލުން

ބ. ދޮންފަނު ރަމްޒުކޮށްދޭނެ މޮނިއުމެންޓް ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު މިއިޢުލާނާއިއެކު އާއްމު ކުރެވިފައިވާނެއެވެ. މޮނިއުމެންޓް ފަރުމާކުރުމުގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކްލަބްޖަމިއްޔާ ޖަމާއަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި، އަދި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. އެހެން ނަމަވެސް ޕްރޮޕޯސަލްގައި ބޭނުން އަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. އެހެންނަމަވެސް ކޮންމެ ޑިޒައިންއަކަށްވެސް ވަކިން ޑިޒައިނާއިއެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

                  ޑިޒައިން ހުށަހަޅާނީ، މިކަރުދާހުގައި ބުނެފައިވާ ހުރިހާ ތަކެއްޗެއް ހަމަކޮށް އީމެއިލްކޮށްގެންނެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ  21  ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.

                 ޑިޒައިންތަކުގެ ތެރެއިން  ހޮވޭ އެންމެ ރަނގަޅު ޑިޒައިން އަކަށް 5000.00 ( ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވިގެންދާނެއެވެ.

                މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 4005054 ފޯނާއި ގުޅުއްވުން އެދެމެވެ.

06 ޑިސެންބަރު 2023
ހޯދާ