ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރެޖިސްޓްރަރ

މަޤާމް :ރެޖިސްޓްރަރ
ބޭނުންވާ އަދަދު :1

މަޤާމު:

ރެޖިސްޓްރަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / މާލެ

މަޤާމުގެ ރޭންކް:

11

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 23,202 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 13,289 ރުފިޔާ

ހާޒިރީ އިނާޔަތް:

360 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ ޢައްޔަނުކުރާނީ ޓެނުއަޝިޕް މަޤާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތަކުގެ އޮނިގަނޑު ގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތަކުގެ އޮނިގަނޑު ގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ކޯ ޑިސިޕްލިންތައް: (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

މަޤާމުގެ މަސްއޫލިއްޔަތު:

ރެޖިސްޓްރޭޝަން މަސްއޫލިޔަތު

  1. ޔުނިވަރސިޓީގެ މަޤްޞަދު ޙާޞިލުކުރުމަށް ސްޓެރެޓެޖިކް ޕްލޭން، ބިޒްނަސް ޕްލޭން، އަދި އެކްޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި،  މި ޕްލޭންތަކާއި އެއްގޮތަށް ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކިޔަވައިދޭ މަރުކަޒުތަކާއި ގުޅިގެން އިސްވެ ހަރަކާތްތެރިވުން.
  2. އައު ޕްރޮގްރާމްތަކާއި މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓްކުރުމުގެ ޙަރަކާތްތައް ކަމާބެހޭ ޑިޕާރޓްމަންޓްތަކާއި ފެކަލްޓީތަކާ ގުޅިގެން ރާވާ، ހިންގާ ވިލަރެސްކުރުން
  3. އެކެޑެމިކް ކަލަންޑަރާއި ޔުނިވަރސިޓީގެ އުޞޫލުތަކާ އެއްގޮތަށް ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްކުރުމާއި ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ ކަންތައް ބެލެހެއްޓުން.
  4. ޔުނިވަރސިޓީގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި މަރުކަޒީ އިދާރާ އާ ގުޅިގެން މަސައްކަތްކުރުމާއި ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަންއާއި ގުޅޭ ޙާއްސަ ސިޔާސަތުތައް އެކުލަވާލައި، މުރާޖަޢާކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  5. ކޯސްތަކާއި އެކެޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން
  6. ދަރިވަރުން ރަޖިސްޓަރކޮށް ވެއްދުމާއި ވަކި ކުރުމާއި އެއްޓާމުން އަނެއްޓާމަށް ދަރިވަރުން ޕްރޮގްރެސް ކުރުމުގެ މަސައްކަތް ވިލަރެސްކޮސް ހިންގުން
  7. ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ޕާރސަނަލް އަދި އެކެޑެމިކް ރެކޯޑްތައް ބެލެހެއްޓުން އަދި ސްޓޫޑެންޓް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ބަލަހައްޓާ އެނިޒާމާބެހޭ ކަންކަމުގައި އިސްވެ ހަރަކާތްތެރިވުން.
  8. ޔުނިވަރސިޓީއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެފަދައިން ސްޓޫޑެންޓް އިންފޮމޭޝަން މެނެޖްމަންޓް ސިސްޓަމްއަށް ޒަމާނީ ބަދަލުތައް ގެނެސް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަނެ އިސްނަގާ ޙަރަކާތްތެރިވުން
  9. ސްޓޫޑެންޓް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމުން ދަރިވަރުން / ޑީނުން / ދާރިސުންނަށް އޮންލައިންކޮށް ފެންނަންޖެހޭ ރެކޯޑްތައް ފެންނާނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުން.
  10. ދަރިވަރުންގެ އެކެޑެމިކް ޓްރާންސްކްރިޕްޓް ތައްޔާރުކޮށް ދޫކުރުމާއި ދަރިވަރަކު ކޯހެއް ފުރިހަމަކުރުމަށްފަހު ލިބިފައިވާ ސެޓްފިކެޓް ގެއްލުމުން ނުވަތަ ހަލާކުވުމުން، ނުވަތަ ބަދަލެއް ގެންނަންޖެހިގެން ހުށަހަޅައިފިނަމަ އޭގެ ބަދަލުގައި ސެޓްފިކެޓް ހަދާދިނުމާއި ބެހޭ އުޞޫލުތައް ހިންގުމާއި ސެޓްފިކެޓްތައް ހަދައިދިނުން.
  11. ޑީންސް އޮނަރ ލިސްޓު އެކުލަވާލުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  12. ޔުނިވަރސިޓީގައި ކިޔަވައިދޭ ތަންތަނަށް އަންނަ ބަދަލުތަކާ ގުޅިގެން އިންފޮމޭޝަން ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޔުނިވަރސިޓީން ހިންގާ ކޯސްތަކުގެ ސްޓްރަކްޗަރ އެކްރެޑިޓްކުރުމުގެ އަދި ކްރޮސް ކްރެޑިޓް ކުރުމުގެ ކަންތައްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  13. ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސިސްޓަމް ޑިޒައިން ކުރުމުގައި އެހީތެރިވުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބެކަޕް މަސައްކަތް ކުރެވޭކަން ކަށަވަރުކުރުމާއި ޑޮކިއުމަންޓްކުރުމާއި ގަވާއިދުން އަޕްޑޭޓްކުރުމުގައި އިސްނެގުން
  14. އެކެޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސް ކުރުމާއި ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި ޚާއްޞަ ޕްރޮގްރާމްތަކާއި ބެހޭ ސަނަދުތައް ތައްޔާރުކުރުން.
  15. ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ބޭނުންވާ އެންމެހާ ކަަންކަން އިސްވެ ވިލަރެސްކުރުމާއި، ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިން ކުރަންޖެހޭ އެންމެހާ ކަންކަން ހިންގުން.
  16. ދަރިވަރުންގެ ގްރޭޑްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރަންޖެހޭ ފަރާތްތަކަށް ޔުނިވަރސިޓީގައި ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ދަށުން ޖަވާބުދާރީވުމާއި ދަރިވަރުންގެ ރެކޯޑްތަކާ ބެހޭ ގޮތުން އުފެދޭ މައްސަލަތައް ހައްލުކުރުން.
  17. ޔުނިވަރސިޓީގެ އަދި  އެހެނިހެން މުއައްސަސާތަކަށް ބޭނުންވާ ތަފާސް ހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވާލުން. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕް ކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.
  18. ދަރިވަރުންގެ ރެކޯޑްތައް ގިނަ ދުވަހު ރައްކާކުރެވޭ ތަނެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެވޯޑްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތާއި، ފަހަށް ރައްކާ ކުރެވިފައިވާ ރެކޯޑްތައް އެކިއެކި ކަންކަމަށް ބޭނުންވުމުން، ފަސޭހައިން އަވަހަށް ލިބޭނޭ އިންތިޒާމެއްގެ ދަށުން ރައްކާތެރިކަމާއެކި ރިކޯޑްސް ބެލެހެއްޓުން

ލީޑަރޝިޕާއި އިދާރީހިންގުން

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި، އެކަންކަން ތަންފީޒް ކުރުމުގައި އެހީތެރިކަން ދިނުން.
  2. ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒު ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
  3. ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގެ މެންޑޭޓާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެ މެނޭޖްމަންޓް ނިޒާމެއް ގާއިމްކޮށް އެ ފަދައިން ކަންކަން ރާވާ ހިންގުން
  4. ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން
  5. މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ކަލްޗަރއެއް ތަނުގައި އަށަގަންނަވައި  ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
  6. ސަރުކާރާއި މަރުކަޒީ އިދާރާއިން އަދި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުންނާއި އަމިއްލަ ފަރާތްތަކުން އެދޭ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސުންގަޑިއަށް ތައްޔާރުކުރުވާ ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  7. މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަޤާމުގެ ނަން، މަސްއޫލިއްޔަތު ވަޒީފާ އަދާކުރި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2023 ޑިސެންބަރު 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-238

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން, އޮންނާނީ 2023 ޑިސެންބަރު 21 އާ 2024 ޖަނަވަރީ 21 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
06 ޑިސެންބަރު 2023
ހޯދާ