ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް. އެސް. 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޔުނިޓް/ ސެކްޝަން:

މި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ ގަމު ކައުންސިލް އިދާރާ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

4. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެނއ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ރަށްރަށުގެ ތަރައްޤީއަށްޓަކައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްއަމާޒަކަށް ތަރައްޤީގެ ޕްލޭންތައް ރާވައި ހިންގުމަށް ކުރަންޖެހޭ ކަންތައްތައް، ޑައިރަކްޓަރގެ އިރުޝާދުގެމަތިން ކުރުން.
  2. ރަށުގައި ހިންގާ ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
  3. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާބެހޭ ކަންކަން ކައުންސިލުން އެކަށައަޅާގޮތުގެމަތިން ރާވައިގެން ހިންގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. 
  4. ރަށުގެ ރައްޔިތުންގެ ނަމުގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކާއި، އެހެނިހެން އިންވެސްޓްމެންޓްތައް ހިނގާނުހިނގާގޮތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ބޯފެން އަޅާ ހަން ދޫކުރުމަށް ހިންގޭ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓުން.
  6. ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށުގައި ހިންގަވާ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުން.
  7. ގުދުރަތީ ކާރިސާތަކާއި، ރަށުގައި ހިންގޭ އެކިއެކި ހަރަކާތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  8. ފައިލިން ސިސްޓަމް ބެލެހެއްޓުން.
  9. އިޖުތިމާޢީ އިޤްތިޞާދީ ބޭނުންތަކަށް ބިމާއި، ފަޅުފަދަ ތަންތަން އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާބެހޭ މަސައްކަތް ޑައިރެކްޓަރުގެ އިރުޝާދުގެމަތިން ކުރުން.
  10. ކައުންސިލްގެ އެސެޓްތައް ރަޖިސްޓްރީކުރުމާބެހޭ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި، ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސއްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2015  މާރިޗު  30  ވާ  ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ލ. ގަމު  ކައުންސިލް  އިދާރާ  (މަލްޓިޕާޕަސް ބިލްޑިންގ،  ލ. ގަން ތުނޑި)

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން  ވަޒީފާގެ  ކުރިއެރުން  ދެވޭނެއެވެ. އަދި  އަހަރީ  ޗުއްޓީގެގޮތުގައި  ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ލ. ގަމުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައަ ފެންނަ، ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6800766 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6800767 އެވެ.

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ