ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

 މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

2 (ދޭއް)

މަސައްކަތްކުރަންޖެހޭ އޮފީސް

ޢިމާދުއްދީން ސްކޫލް

ރަށް

ކ. މާލެ

މަޤާމުގެ މުސާރަ

-/3100

ސަރވިސް އެލަވަންސް

-/1000

އެހެނިހެން ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ރޭންކް

ސަޕޯޓް ސަރވިސް (އެސް. އެސް 1)

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ޝަރުޠުތައް:

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.  

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

-  ސްކޫލުގެ ކުލާސްރޫމްތަކާއި، އިމާރާތް ތެރޭގައިވާ އެހެނިހެން ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

 * މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 1 އެޕްރީލް 2015 އާއި 10 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

 * މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.  އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

* ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 30 ވާ ހޯމަދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3315759 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 26 ޖުމާދަލްއޫލާ 1436
17 މާރިޗު 2015
ހޯދާ