ދިވެހިރާއްޖެ
މިކައުންސިލުން ދޭމައުލޫމާތާއި އެއްގޮތައް މިރަށުގެ މަގުތަކުގައި 8 މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޑިސެންބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 11 ޑިސެންބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
| 
 
  | 
 ތަން  | 
 ތާރީހް  | 
 ދުވަސް  | 
 ގަޑި  | 
| 
 ޕްރީ-ބިޑް މީޓިންގ  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 12 ޑިސެމްބަރ 2023  | 
 އަންގާރަ  | 
 11:00  | 
| 
 ބިޑް ހުށައެޅުން  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 14 ޑިސެމްބަރ 2023  | 
 ބުރާސްފަތި  | 
 11:00  | 
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
