ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ފޯމަން  | 
 މަޤާމް  | 
|||||
| 
 ސަޕޯޓް ސްޓާފް ގްރޭޑް 3  | 
 މަޤާމުގެ ކްލެސިފިކޭޝަން  | 
|||||
| 
 އެސް. އެސް. 3  | 
 މަޤާމުގެ ރޭންކް  | 
|||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު  | 
|||||
| 
 އއ. ތޮއްޑޫ ސްކޫލް  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
|||||
| 
 އިދާރީ ސެކްޝަން  | 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން  | 
|||||
| 
 އއ. ތޮއްޑޫ ސްކޫލް  | 
 ވަޒީފާ އަދާކުރަންޖެހޭ ރަށް  | 
|||||
| 
 މަހަކު -/3،875 ރުފިޔާ  | 
 މުސާރަ  | 
|||||
| 
 މަހަކު -/1،000 ރުފިޔާ  | 
 ސަރވިސް އެލަވަންސް  | 
|||||
| 
 1. މަޤަމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 މަޤާމުގެ ޝަރުޠު  | 
|||||
| 
 - މަސައްކަތު މީހުންގެ މަސައްކަތު/ޑިއުޓީ ޝެޑިއުލް ތައްޔާރުކުރުން. - ސްކޫލުގެ ގޯތިތެރެއާއި ބޭރު ކުނިކަހާފައިވޭތޯ ބަލައި، ޗެކްކޮށް، ރިޕޯޓްކުރުން. - ސްކޫލުގައި ހުންނަ ފާޚާނާތައް ސާފުކޮށްފައިވޭތޯ ބަލައި، ޗެކްކޮށް، ރިޕޯޓްކުރުން. - ސްކޫލުގައިވާ އެންމެހައި އިމާރާތްތައް ސާފުތާހިރުކޮށްފައިވޭތޯ ބަލައި ޗެކްކުރުން. - ހަވާލުކުރެވިފައިވާ މުވައްޒަފުންގެ އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގަވައިދާ އެއްގޮތަށް ކުރުމާއި، އަހަރީ ޗުއްޓީ، މަސައްކަތަށް ދަތިނުވާނެގޮތަށް ރާވައި، އެ ޝެޑިއުލް އިދާރާއާ ހަވާލުކުރުން. - ކޮންޓްރެކްޓަށް ދޫކޮށް ކުރެވޭ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، މެއިންޓަނެންސް މަސައްކަތްތައް ބެލެހެއްޓުން. - ރަށުގެ އެކިއެކި ފިހާރަތަކުން ގަންނަންޖެހޭ ތަކެތި، އިދާރާއިން އަންގާ ގޮތެއްގެމަތިން ހޯދާފައި، އެ ތަކެތީގެ ބިލުތައް އިދާރާއާ ހަވާލުކުރުން. - މާލެއިން ގެންނަ މުދާތައް، އިދާރާއިން އަންގާ ގޮތެއްގެ މަތިން ގެނެސް ގުދަންކުރުން.  | 
 މަޤާމުގެ މަސްއޫލިއްޔަތު  | 
|||||
| 
 1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. 2. މަސައްތުގެ ތަޖުރިބާލިބިފައިވާ މިންވަރު. 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން. 4. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 1 އޭޕްރިލް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ.  | 
 ވަޒީފާއަށް އެންމެ ޤާބިލުމީހެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
|||||
| 
 * އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް  | 
|||||
| 
 1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ ކައުންޓާރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީއާއި، އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލު. 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 5. ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް. 6. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
|||||
| 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި  | 
|||||
| 
 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު، 2015 މާރިޗުމަހު، މި ސްކޫލުގައި އޮންނާނެއެވެ.  | 
 އިންޓަވިއު  | 
|||||
| 
 މަޢުލޫމާތު ހޯދުމަށް ގުޅާނީ 6660819 ފޯނު ނަންބަރު ފޯނާއެވެ.  | 
 އިތުރު މަޢުލޫމާތު  | 
|||||
21 ޖުމާދަލްއޫލާ 1436
