މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް: ލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް / މާލެ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން، ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/6295

-/2000

  • މަޤާމުގެ މަސްއޫލިއްޔަތު:

- ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެ މަތިން ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔަރުކުރުން.

- ލައިބްރަރީ ގަޑިތަކުގައި، ޓީޗަރުންގެ ލަފާގެމަތިން، ދަރިވަރުންނަށް ދޭންޖެހޭ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.

- ލައިބްރަރީ ގަޑި ނިމުމުން، ދަރިވަރުން ބެނުންކުރި ފޮތްތައް ތަރުތީބުކޮށް ފޮތް ހަރުތަކުގައި އެތުރުން.

- ލައިބްރަރީގެ ޤަވާޢިދުތަކާއި އޫސޫލުތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮޅުންފިލުވައިދީ، ދޭތެރެ ދޭތެރެއިން ދަރިވަރުންނަށް އެކަން ހަނދާންކޮށްދިނުން.

- ލައިބްރަރީން ޤަވާޢިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.

- ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމުގެ ޕްރޮގްރާމްތައް ހިންގުން.

- ލައިބްރަރީއަށް އަލަށް ގެންނަ ފޮތްތަކުގެ މަޢުލޫމާތު ވީ އެންމެ އަވަސް މުއްދަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން.

- ލައިބްރަރީގެ ޤަވާޢިދުތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން.

- ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

- ލައިބްރަރީގެ ފޮތްތަކާއި އެހެނިހެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ދައްކާކަން ކަށަވަރުކުރުން.

- ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ނުދައްކާނަމަ އަޅަންޖެހޭ ފިޔަވަޅުއެޅުން.

- ލައިބްރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފްޞީލް، ހަވާލުވެ ހުންނަ ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.

- ލައިބްރަރީއަށް އާ ފޮތް ހޯދުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.

އެކުގައި މަސައްކަތްކުރާ ލައިބްރަރީގެ މުވައްޒަފުންގެ އެހީތެރިކަމާއެކު، ލައިބްރަރީގެ އަހަރީ ރިޕޯޓް، އަހަރު ނިމުމުން، ހަވާލުވެ ހުންނަވާ ސްޕަވައިޒަރަށް ހުށަހެޅުން.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގެ ބޭނުންކޮށްގެން ލައިބްރަރީ ތަރައްޤީކުރުމަށް މަސައްކަތްކުރުން.

  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

  • ހުށަހަޅަންޖެހޭ ތަކެތި:     

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއެކު، ޓްރާންސް ކުރިޕްޓްގެ ކޮޕީ.

- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)

  • ސުންގަޑި:

2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

  • އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 19 މާރިޗު 2015 އާއި 24 މާރިޗު 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

  • އިތުރުގަޑީގެ ފައިސާ:

މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

  • ނޯޓް:

ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

  • އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެވެ.  

 20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015
ހޯދާ