| މަޤާމު | ކޮމްޕިއުޓަރ ޕްރޮގްރާމަރ | 
| ބޭނުންވާ އަދަދު | 01 (އެކެއް) | ހަމަޖައްސާ ސެކްޝަން: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިންފޮމޭޝަން ޓެކްނޯލޮޖީ | 
| ރޭންކް | އެމް. އެސް 1 | ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މުސާރަ | -/5,610 ރ. | ސާރވިސް އެލަވަންސް: -/2,000 ރ. | 
| މަގާމުގެ ޝަރުޠު | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު | 
މިނިސްޓްރީގެ ކޮމްޕިއުޓަރ ތަކަށް ދިމާވާ މައްސަލަ ހައްލުކުރުމާއި އަދި ހައްލު ނުކުރެވޭފަދަ ކަމެއް ނަމަ ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަޔަކު ހޯދާ ވެރިއެއްގެ އިރުޝާދުގެ މަތިން މައްސަލަ ހައްލުކުރުން.މިނިސްޓްރީގެ ބޭނުންކުރެވޭ ލިޔުންތަކުގެ ފޯމެޓްތައް އަޅައިދިނުމާއި މަސައްކަތް އަވަސްކުރެވޭނެފަދަ ކޮމްޕިއުޓަރ ޕްރޮގްރާމް ހަދައި އެއާބެހޭ މަޢުލޫމާތު މުވައްޒަފުންނަށް ދިނުން.ކޮމްޕިއުޓަރތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ހައްލުކުރުމާއި ސޮފްޓްވެއަރ އަޅައި އެބޭނުންކުރާނޭ ގޮތުގެ އިރުޝާދުދީ މުވައްޒަފުންނަށް ތަމްރީނު ދިނުން.މިނިސްޓްރީގެ ކޮމްޕިއުޓަރ ނެޓްވާރކް ޤާއިމުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ނެޓްވާރކް މެއިންޓަނަންސް ކުރުން.ކޮމްޕިއުޓަރތަކަށް އެންޓިވައިރަސް އަޅައި އެ އަޕްޑޭޓްކޮށް ބެލެހެއްޓުން.މިނިސްޓްރީގެ ވެބްސައިޓު ޤާއިމުކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ވެބްސައިޓް މެއިންޓަނަންސް ކުރުން.ވެބްސައިޓުގައި ހިމަނަން ބޭނުންވާ މަޢުލޫމާތު (ކޮންޓެންޓް) ލިބުމުން ވެބްސައިޓުގަގި އެމަޢުލޫމާތު ހިމެނުން.އައި.ޓީ މެދުވެރިކޮށް މި މިނިސްޓްރީއަށް ގަންނަންޖެހޭ ތަކެތި ގަތުމަށް އަގުބެލުމާއި ގަތުމުގެ މަސައްކަތް ކުރުން.އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. | 
| ސުންގަޑި 
22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ. ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަންބަރަކީ 3315161 އީމެއިލް ކުރައްވާނީ [email protected]  އަށެވެ. |