ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މާރކެޓިންގ

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

 

 

 

 

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. މާކެޓިންގ ޙަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ޚިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން
  2. ބަދަލުވަމުންދާ ޓްރެންޑާއެއްގޮތަށް، މާކޭޓިންގ ޕްލޭންތައް އިވެލުއޭޓްކޮށް ތައްޔާރު ކުރުން
  3. މާކެޓިންގ ޑިޕާރޓްމަންޓްގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ރިޕޯޓް ތައްޔާރު ކުރުމާއި މިކަންތައްތައް މާކެޓިންގ ޕްލޭނާ އެއްގޮތަށް ސްޕަވައިޒަރ ގެ ލަފާގެ މަތިން ކުރުން
  4. މާކެޓިންގ ޑިޕާރޓްމަންޓް ގެ މަގްސަދުތައް ކަނޑައެޅުމާއި، މާކެޓިންގ ޕްލޭން އަދި ސްޓެރެޓެޖީ އިވެލުއޭޓްކޮށް އެސްޓާބްލިޝް ކުރުމުގައި އެހީތެރިވުން
  5. ޔުނިވަރސިޓީ މާކެޓިންގ ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން
  6. ބައްދަލުވުން ތަކުގައި މަޝްވާރާ ކުރެވޭ ކަންތައްތައް ފޮލޯއަޕް ހެދުމާއި އެކަންތައްތައް މޮނީޓަރކޮށް އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން ހެދުން
  7. ޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، މާކެޓިންގ ޓީމް އާ ގުޅިގެން މަސައްކަތްތަކަށް ޕްރޯއެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން
  8. މާކެޓިންގ ކޮންޓެންޓް އުފެއްދުމުގައި ޒަމާނީ ކަންކަމަށް ރިއާޔަތް ކޮށް ސްޕްވައިޒަރ ގެ ލަފާގެމަތިން ތައްޔާރު ކުރުން  
  9. ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުން
  10. ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން
  11. ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ސްޕވައިޒަގެ ލަފާގެ މަތިން މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން
  12. ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުނ
  13. ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން
  14. ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ސްޕަވައިޒަރ ގެ ލަފާގެ މަތިން މޮނިޓަރ ކުރުން
  15. ޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީ ހިންގާ ހަރާކަތްތައް ވެބްސައިޓުގައި ގަވާއިދުން ޝާއިއުކުރުން
  16. މާރކެޓިންގ ޙަރކަތްތަކުގެ ގްރެފިކްސް މަސައްކަތް ކުރުން
  17. ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން
  18. ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ޑިސެންބަރު 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-226

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ނޯޓް:

 

  • މިމަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މަރކެޓިންގ، މަލްޓިމީޑިއާ އަދި ޕަބްލިކް ރިލޭޝަންސް މިދާއިރާތަކެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
30 ނޮވެންބަރު 2023
ހޯދާ