ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ ސިޓީކައުންސިލްގެ އިދާރާއަށް ބޭނުންވާ ކުޝަން ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް:
ގދ. ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ކުޝަން ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ފޯނު ނަންބަރ 6841018 އަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 22 ނޮވެމްބަރ 2023 – 30 ނޮވެމްބަރ 2023 | 
 | 
 | ގދ.ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން | 
| ބީލަން ހުށަހެޅުން | 07 ޑިސެމްބަރ 2023 | ބުރާސްފަތި | 13:00 | ގދ.ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ | 
 
                    