ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޮޅުމަޑުލު މީރާ ޔުނިޓާއި، ޕީޖީ ޔުނިޓް އިމާރާތް ކުރުމަށް ބޭނުންވެއްޖެ.
                                މިއިދާރާގައި ބޭނުންކުރި ނަމާދުކުރާބަޔަށް، ބައެއް އިތުރުކޮށް މީރާ ޔުނިޓުގެ ގޮތުގައި މަރާމާތުކުރުމާއި، ޕީޖީ ޔުނިޓެއްގެ ގޮތުގައި އިދާރާގެ ހުޅނގު ކޮޅުފާރާއި ގުޅުވައިގެން، ޢިމާރާތް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދީފައިއެވާ ލިންކް މެދުވެރިކޮށް ، ނުވަތަ މިއިދާރާއިން ފޯމް ނަންގަވައިގެން ބިޑްގައި ރަޖިސްޓްރީ ވެލައްވައި، ބީލަން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
އިތުރު ތަފްޞީލް ތިރީގައި މިވަނީއެވެ.
- ބިޑްގައި ރަޖިސްޓްރީ ވުމުގެ މުއްދަތު: 28 ނޮވެމްބަރ 2023 ދުވަހުގެ 13:00 ގެ ކުރިން.
 - ރެޖިސްޓްރޭޝަން ލިންކު: https://forms.gle/VEe4DJnkFHwPXjTs6
 - ބިޑް ހުށަހެޅުން: 04 ޑިސެމްބަރ 2023 ދުވަހުގެ 11:00 ގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް. (28 ނޮވެމްބަރ 2023 ދުވަހުގެ 13:00 ގެ ފަހުން ރަޖިސްޓްރީވާ ފަރާތެއްގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.)
 - ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
 - ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވަންވާނެއެވެ.
 
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780700 ނުވަތަ 9710106 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
 
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
             20 ނޮވެންބަރު 2023
            
        
                    ހޯދާ  
                
                