މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން ފަރުވާ ދެއްވުމަށް ކަނޑައަޅާފައިވާ އުމުރުފުރާ

ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން ފަރުވާ ދެއްވުމަށް ކަނޑައަޅާފައިވާ އުމުރުފުރާ

        ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން، އާންމު އުސޫލެއްގެގޮތުން ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން ބެއްލެވުމާއި، ފަރުވާ ދެއްވުމަށް ވަކި އުމުރުފުރާއެއް މި މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކަނޑައަޅާފައިވާ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިން ކަމުގައި ދަންނަވަމެވެ. މިހެން މިކަން ކަނޑައެޅިފައި އޮތްނަމަވެސް ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން/މީހުން ބެއްލެވުމަށާއި، ފަރުވާ ދެއްވުމަކަށް ހުރަހެއްނެތެވެ.

        އަދި އެހެނިހެން ސްޕެޝަލިޓީ/ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ޙާއްޞަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބައްލަވާ، އެކުދިންނަށް ފަރުވާ ދެވިދާނެއެވެ.

ވީމާ، މި އުސޫލަށް އިތުރު ބަދަލެއް ނުގެނެވޭހާ ހިނދަކު، ހުރިހާ ހޮސްޕިޓަލް ތަކުންވެސް ޞިއްޙީ ޚިދުމަތް ދެއްވުމުގައި މިދެންނެވުމާއި އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.

                                                        

20 ނޮވެންބަރު 2023
ހޯދާ