ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރުގެ 22 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 12 ނޮވެމްބަރ 2023

ނަންބަރ:(IUL)327-A/327/2023/302

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 09 ނޮވެމްބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ 22 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ނައިފަރު ބަނދަރުން ފެނާއި ކަރަންޓް ލިބޭގޮތަށް ޔޫޓިލިޓީ އައުޓްލެޓްތަކެއް ބަނދަރުގައި ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/275 ބީލަމާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވީނަމަވެސް ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް އެކަށީގެންވާ އަގެއް ކަމަށް ފެންނާތީ މި ބީލަން ޓީ.އޭ.ސީ ކޮންސްޓްރަކްޝަން އަށް އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.
  2. ނައިފަރު ކައުންސިލަށް ޑްރޯންއަކާއި ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/282 ބީލަމާއި ގުޅޭގޮތުން ކެމެރާއަށް ހުށަހަޅާފައިވާ އަގުތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާކަން ފާހަގަ ކުރެވުމާއި މި ބިޑާއި ގުޅިގެން ޑްރޯންއަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު އެއްވަނައަށް އަދި ދެވަނައަށް އެންމެ މަތިން މަތިން މާރކްސް ހޯދާފައިވާ 2 ފަރާތުންވެސް ހުށަހަޅާފައިވާ ސްޕެސިފިކޭޝަން މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާއި ދިމާނުވުމާއި ތިންވަނައަށް އެންމެ މަތިން މާރކްސް ލިބިގައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބަޖެޓް ކުރެވިފައިވާ އަގަށްވުރެން ބޮޑުވާތީ މި ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެނަކަމަށް ނިންމުން.
  3. ނައިފަރު ކައުންސިލަށް 3 ލެޕްޓޮޕް އަދި 3 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/243 ބީލަމާއި ގުޅިގެން ހަމަ އެކަނި ބިޑް ހުށަހަޅާފައިވާ ފަރާތުން ކޮންޕިއުޓާރ ސިސްޓަމް ގަތުމަށް ހުށަހަޅާފައިވާ އަގު، ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ ބޮޑުވާތީ ކޮންޕިއުޓާރ ސިސްޓަމް ގަތުމުގެ މަސައްކަތް ހަވާލު ކުރުމަށް ނުފެނަކަމަށާއި، ނަމަވެސް 3 ލެޕްޓޮޕް ގަތުމަށް ހުށަހަޅާފައިވާ އަގަކީ ކަނޑައެޅިފައިވާ ބަޖެޓަށް ފެތޭ އަގެއްކަމަށް ވާތީވެ މި މަސައްކަތް ކުރުމަށް ހޯމް ގެލެރީ އަށް އެވޯޑް ކުރުމަށް ފެންނަކަމަށް ނިންމުން.   

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                                 12 ނޮވެމްބަރ 2023

 

12 ނޮވެންބަރު 2023
ހޯދާ