މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - އައި.ޓީއާ ގުޅޭ ތަކެއްޗާއި ހިދުމަތް
                                މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- Service of Cooling Outdoor Unit
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 | ތާރީޚް | ދުވަސް | ވަގުތު | 
| ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި | 09 ނޮވެންބަރު 2023 | ބުރާސްފަތި | 12:00 | 
| އަންދާސީހިސާބު ހުށަހެޅުން | 13 ނޮވެންބަރު 2023 | ހޯމަ | 15:00 | 
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/UGiH4qaAwU
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 09 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.
             05 ނޮވެންބަރު 2023
            
        
                    ހޯދާ  
                
                 
                    