| 
 ވަޒީފާގެ ފުރުޞަތު 
 | 
 (IUL)147-AIT/1/2023/27 :ނަންބަރު 
 | 
| 
 ތާރީޚް: 02 ނޮވެންބަރު 2023 
 | 
| 
 މަޤާމް: 
 | 
 ޕްރޮބޭޝަން އޮފިސަރ   
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 1 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކު: 
 | 
 އެމް.އެސް 2  
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ސީނިއަރ އޮފިސަރ ގްރޭޑް 2  
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ޖުވެނައިލް ކޯޓު، މާލެ 
 | 
| 
 މުސާރަ: 
 | 
 -/6295 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
 މި މަޤާމަށް ހޮވޭފަރާތްތަކަށް: 
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40
 
- ސަރވިސް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ
 
- ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ.
 
- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
 
 
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ޝަރީޢަތުން މައްސަލަބަލާ ފިޔަވަޅުއަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރ ކުރުން.
 
- ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން، ޕްރޮބޭޝަންގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތު ޝަރީޢަތަށް ފޯރުކޮށްދިނުން.
 
- ޝަރީޢަތްތަކަށް ހުށަހެޅިފައިވާ ކުދިންނާއި އަދި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރާ ކުދިންނާ ގުޅޭގޮތުން ބާއްވަންޖެހޭ ކޭސް ކޮންފަރެންސްތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
 
-  އިޞްލާޙީ ޕްރޮގްރާމުގައި ކޯޓުން ބައިވެރިކޮށްފައި ތިބޭ ކުދިންނާއި، އިޞްލާޙީ މަރުކަޒެއްގައި ޝެޑިއުލްކޮށްގެން ކުދިން ލައްވާ ވަކިމަސައްކަތެއް ކުރުމަށް އަންގާފައިތިބޭ ކުދިންނާއި ކައުންސިލިންގައި ބައިވެރިކޮށްފައިތިބޭ ކުދިންގެ ކަންކަން ހިނގަމުންދާގޮތްބަލައި މޮނިޓަރ ކުރުމާއި، މުއައްސަސާތަކުން ހޯދަންޖެހޭ ރިޕޯޓުތައް މަހަކު އެއްފަހަރު ހޯދުން.
 
- އިޞްލާޙީ ޕްރޮގްރާމުގައި ތިބޭ ކުދިންނާ ގުޅޭގޮތުން ޕްރޮބޭޝަން ރިޕޯޓު ހެދުމާއި،  ޕްލޭންތައް އެކުލަވާލާ ޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުގައި ރިވިއު ބައްދަލުވުންތައް ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުން.
 
- އިޞްލާޙީ ޕްރޮގްރާމުގައި ތިބޭ ކުދިންގެ ޙާލަތު ގާތުން މޮނިޓަރ ކުރުމަށްޓަކައި، ހޯމް ވިޒިޓްކުރުމާއި، ކުއްޖާއަކީ ބަންދުކޮށްފައިވާ ކުއްޖެއްނަމަ، ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަށް ޒިޔާރަތްކޮށް މޮނިޓަރ ކުރުމާއި، ކުއްޖާއަކީ އަތޮޅު ތެރޭގެ ރަށެއްގައި ދިރިއުޅޭ ކުއްޖެއްނަމަ، އެ ރަށަކަށް ގޮސްގެން މޮނިޓަރ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން.
 
- އިޞްލާޙީ ޕްރޮގްރާމުގައި ތިބޭ ކުދިންގެ ތެރެއިން މައިންބަފައިންގެ ފަރާތުން އެކަށީގެންވާ އަޅައިލުމާއި ރައްކައުތެރިކަމާއި ތަރުބިއްޔަތު ލިބެމުންނުދާކަމަށް ފާހަގަވާ ކުދިންނާއި، އެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި މައިންބަފައިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކުދިންނާ ގުޅޭގޮތުން ބެލެނިވެރިން ޒިންމާދާރުކުރުވުމަށްޓަކައި ފެމިލީ ކޮންފަރެންސްތައް އިންތިޒާމްކޮށް ބޭއްވުން.
 
 
- ޝަރުޠުކޮށް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ތިބޭ ކުދިންގެ ރެކޯޑު ބެލެހެއްޓުން.
 
-  ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކޯޓަށް ޙާޒިރުކުރެވޭ ކުދިންނާގުޅޭ ރިޕޯޓްތައް ހެދުން.
 
- ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި  ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރެވޭ ކުދިންނާއި އެކުދީންގެ ބެލެނިވެރިންގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ފުރިހަމައަށް އެއްބާރުލުން ނުލިބޭ ކުދިންނާއި ބެލެނިވެރިންނަށް، އެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބާރުއެޅުމާއި އެކަމަށް އެފަރާތްތައް ތައްޔާރު ކުރުވުން.
 
- ކޯޓުން ޙުކުމްކުރާ 18 އަހަރުން ދަށުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމްތައް، ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
- ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި، ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ އެވެއާރނަސް ޕްރޮގްރާމުތައް ސުޕަވައިޒަރުގެ ލަފާގެމަތިން ރާވާ ހިންގުން.
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
  
 | 
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
 
  | 
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާ 
 | 
 ސޯޝިއޮލޮޖީ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ކައުންސެލިންގ، ޖުވެނައިލް ޖަސްޓިސް، ޤާނޫނީ ދާއިރާ 
 | 
| 
 މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާ 
 | 
 ސޯޝިއޮލޮޖީ، ސައިކޮލޮޖީ، ސޯޝަލް ވޯރކް ،ކައުންސެލިންގ، ޖުވެނައިލް ޖަސްޓިސް، ޝަރީޢާ އެންޑް ލޯ، ޝަރީޢާ، ލޯ 
 | 
| 
 މަޤާމުގެ ކޯ ޑިސިޕްލިންގ 
 | 
- ސޯޝިއޮލޮޖީ
 
- ސައިކޮލޮޖީ
 
- ސޯޝަލް ވޯރކް
 
- ކައުންސެލިންގ
 
- ޖުވެނައިލް ޖަސްޓިސް
 
 
 | 
| 
 އެހެނިހެން ޝަރުޠު 
 | 
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
 
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) އަންނަނިވިފަދަ ގާތްތިމާގެ މީހަކު ކަމުގައި ނުވުން: 
 
 
   2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ 
   2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ ނުވަތަ ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 
   2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛  
   2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން ނުވަތަ ދޮންދަރިންވެސް ހިމެނޭ ގޮތަށް) 
   2.5. އަނބިމީހާ ނުވަތަ ފިރިމީހާ؛ 
   2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛ 
   2.7. މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތައާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛ 
   2.8. ބޮޑޫބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭމީހާ ހިމެނޭ ގޮތަށް)؛ 
   2.9. ދެބެންގެ ދެދަރި މީހަކު ކަމުގައިނުވުން  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޖުވެނައިލް ކޯޓުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.juvenilecourt.gov.mv
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 
(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) 
(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
| 
 ކޮމްޕީޓަންސީ ދާއިރާ 
 | 
 މާރކްސް 
 | 
 
| 
 އަސާސީ ޝަރުޠު ހަމަވުން 
 | 
 30 
 | 
 
| 
 ކޯ ނުވަތަ  ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 
 | 
 5 
 | 
 
| 
 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް 
 | 
 5 
 | 
 
| 
 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 
 | 
 5 
 | 
 
| 
 އިމްތިޙާނު އަދި ޕްރެކްޓިކަލް 
 | 
 15 
 | 
 
| 
 ޕްރެޒެންޓޭޝަން 
 | 
 10 
 | 
 
| 
 އިންޓަރވިއު 
 | 
 30 
 | 
 
| 
 ޖުމްލަ 
 | 
 100 
 | 
 
 
 
  
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެންބަރު 2023 ގެ 12:00 ގެ ކުރިން، ޖުވެނައިލް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން، އީ-މެއިލް ([email protected]) މެދުވެރިކޮށް ފޮނުވުމުންވެސް ބަލައިގަންނާނެއެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
| 
 ޝޯޓްލިސްޓުކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް ޓެސްޓާއި އިންޓަވިއު އޮންނާނީ، 19 ނޮވެންބަރު 2023 އާއި 26 ނޮވެންބަރު 2023 އާ ދެމެދު، (ޖުވެނައިލް ކޯޓުގަ) އެވެ.
 
- އިންޓަރވިއު ކުރެވޭނީ އިމްތިޙާނު (ޕްރެކްޓިކަލް ޓެސްޓް) ގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.
 
 
 | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން 
 | 
 ސްކީރިނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. 
 | 
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3332645 އަދި 3340730 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
 
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނައުމަށް ދެންނެވީމެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ތާރީޚާއި އަދި އިތުރު މަޢުލޫމާތު އަންގާނީ  އެފަރާތްތަކުން މިކޯޓަށް ދީފައިވާ އީމެއިލް މެދުވެރިކޮށެވެ.
 
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު  އިޢުތިރާޒް ނުކުރާނަމައެވެ.
 
 
 |