| 
 ވަޒީފާގެ ފުރުޞަތު 
 | 
 ނަންބަރު:(IUL)195-A-HR/195/2023/48   
 | 
| 
 ތާރީޚް: 02 ނޮވެންބަރ 2023 
 | 
| 
 މި ކޮމިޝަނުން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.  
 | 
| 
 މަގާމު 
 | 
 ލީގަލް އޮފިސަރ / ޕަރފޯމަންސް އިވެލުއޭޝަން 
 | 
| 
 ރޭންކް 
 | 
 އެމް.އެސް 2 
 | 
| 
 ކްލެސިފިކޭޝަން 
 | 
 ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 ޑިޕާޓްމަންޓް/ސެކްޝަން 
 | 
 ޖުޑީޝަލް ހިއުމަން ރިސޯސް ސެކްޝަން 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 (އެކެއް) 
 | 
| 
 މުއްދަތު 
 | 
 ދާއިމީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ޖުޑީޝަލް ސަރވިސް ކޮމިޝަން 
 | 
| 
 އަސާސީ މުސާރަ 
 | 
 8,773/- ރުފިޔާ 
 | 
| 
 އެލަވަންސާއި އިތުރު ގަޑި 
 | 
 -    ލިވިންގ އެލަވަންސް  -/3,000 ރުފިޔާ 
-     ނޮން ޕްރެކްޓިސް އެލަވަންސް )އަސާސީ މުސާރައިގެ 65%) 5702/45 ރުފިޔާ 
-     ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން)150/-  ރުފިޔާ 
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ. 
 | 
| 
   
  
އަސާސީ ޝަރުޠު 
 | 
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
 
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ފެންވަރު ބެލޭ ފަނޑިޔާރު އަމިއްލައަށް ފުރިހަމަކޮށްފައިވާ އެސެސްމަންޓު ދިރާސާކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ބެލޭ ފަނޑިޔާރުގެ ޝަރުޢީ ނިންމުންތައް ދިރާސާކުރުމަށް (އޭގެ އޮނިގަނޑުގެ ފެންވަރު، ޤާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށްފައި ހުރިތޯ، އަދި ސާފުކޮށް، ރަނގަޅަށް ބަޔާންކޮށްފައި ހުރިތޯ ބެލުމަށްޓަކައި) ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ބެލޭ ފަނޑިޔާރު ހިންގާ އަޑުއެހުންތައް ސީދާ ކޯޓުރޫމުގައި ބެލުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ބެލޭ ފަނޑިޔާރުގެ މައްޗަށް މީގެ ކުރިން ހިންގާފައިވާ ތައުދީބީ މައްސަލަތަކުގެ ނިންމުންތަކާއި، މަޤުބޫލު ސަބަބެއްގެ މައްޗަށް ހުޅަހެޅުނު ޝަކުވާތައް ދިރާސާކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފަނޑިޔާރުން ޝަރީޢަތްކުރުމުގައި ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނުވަތަ ރިއާޔަތްކުރުމަށް ބުނާ ކަންކަމާއި އަދި ފެންވަރު ބެލޭ ފަނޑިޔާރާ ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދާއި، އޭގެ ތެރެއިން ނިންމި މައްސަލަތަކުގެ އަދަދު (ކްލިއަރެންސް ރޭޓު) ބެލުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ބެލޭ ފަނޑިޔާރުގެ އިންޓަރވިއު ކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓުގެ އޮފިސަރުން (މިސާލަކަށް: ޤާނޫނީ ވަކީލުން، ފަނޑިޔާރުން، ޝަރުޢީ މަސައްކަތްތައް ނޫން މަސައްކަތް ކުރާ ކޯޓުގެ މުވައްޒަފުން) ކާކުކަން ނޭނގޭ ސާރވޭތައް ނެގުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ފަރާތްތަކާ (މިސާލަކަށް: ކޯޓު ޕްރެޒިޑެންޓުން، އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުން، ކޯޓުގެ މުވައްޒަފުން) ސިއްރު އިންޓަރވިއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- އަމިއްލައަށް ފެންވަރު ވަޒަންކުރާ ފޯމާއި، ޝަރުޢީ ނިންމުންތައް ދިރާސާކުރި ރިޕޯޓާއި، ތައުދީބީ ތަހުގީގުތައް ދިރާސާކުރި ރިޕޯޓާއި، ކޯޓުރޫމު ބަލައި ދިރާސާކުރި ރިޕޯޓާއި، ތަފާސްހިސާބުތައް ދިރާސާކުރި ރިޕޯޓާއި، ފަނޑިޔާރު ލިޔުމުން އެއްވެސް ކޮމެންޓެއް ހުށަހެޅިނަމަ އެ ކޮމެންޓުތަކާއި، އަމިއްލައަށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ ޕްލޭން އަދި ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުން ހޯދާފައިވާ ގުޅުންހުރި އެހެނިހެން މަޢުލޫމާތުތަކާއި އަދި ލިޔުންތައް ހިމަނައި ފައިނަލް އިވެލުއޭޝަން ރިޕޯޓު ތައްޔާރުކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
 
- ރިޕޯޓުގައި ހިމަނާފައިވާ އަމިއްލަ ފަންނީ ތަރައްގީގެ ޕްލޭނާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެ ޕްލޭން އަދި އޭގައި ހުރި ލަފާތައް، ތަމްރީނާގުޅޭ ބޭނުންތަކަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހިއްސާކޮށް އެކަންކަން ކުރިއަށްދާގޮތް މޮނީޓަރކޮށް ރިކޯޑުތައް ބެލެހެއްޓުން.
 
- ކޮޝަނުން ނިންމަވާ ގޮތެއްގެމަތިން ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކޮށް  އެކަންކަމާ ގުޅޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
 
- ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމައި، ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަނުން ފޮނުވުމުން، ކޮމިޝަނުން ނިންމާފައިވާ ގޮތުގެމަތިން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅު ތަންފީޒުކޮށް އެ މައުލޫމާތު ޖުޑީޝަލް ކޮމްޕްލެއިންޓްސް ސެކްޝަނަށް ފޮނުވުމާއި، ފަނޑިޔާރުގެ ރެކޯޑް ފައިލަށް ލުމާއި އެކަމާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
 
- ފަނޑިޔާރުންގެ މާލީ ބަޔާންތައް ގާނޫނުގައިވާގޮތަށް ހުށަހަޅާތޯ ބަލައި ކޮމިޝަނުން ނިންމާ ގޮތުގެމަތިން އަމަލުކުރުން.
 
- މަސައްކަތާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާއި އިސްލާޙު ކުރަންޖެހޭ ޤަވާއިދުތައް އިސްލާޙުކުރުމުގައި އެ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުން.
 
- ފަނޑިޔާރުންގެ ރިޓަޔަރމަންޓް އަދި ޕެންޝަނާބެހޭ ކަންތައްތައް ބެލެހެއްޓުމާ އެކަންކަމާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
 
- ފަނޑިޔާރުންގެ ވަޒީފާ ކޮމިޓީގެ އެންމެހާ ކަންކަން ކުރުމާއި، ރެކޯޑް ބެލެހެއްޓުމާއި އަދި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
 
- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
 
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން.
 
  | 
| 
 މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި 
 | 
- ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
 
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
 
  
 
ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
 
- ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ
 
  | 
| 
 ސުންގަޑި 
 | 
 08 ނޮވެންބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
 
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
 
- މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ، މަޤާމާށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކާ ގުޅިގެން ހުށަހަޅާ ލިޔެކިޔުންތައް ކޮމިޝަނަށް ލިބުނުކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
 
- ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް އިޢުލާންގައި ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތަކުގެ ތެރެއިން ހުށަހެޅި ލިޔެކިއުންތަކާއި އަދި ހުށަހަޅާފައިނުވާ ލިޔެކިއުންތައް އެނގޭނެ ސްލިޕެއް އެ އެޕްލިކޭޝަން ހުށަހެޅި ފަރާތަށް ދޭނެއެވެ. އަދި މި ސްލިޕާގައި އެޕްލިކޭޝަން/ރިފަރެންސް ނަންބަރެއް ވެސް އެފަރާތަށް ދީފައިވާނެއެވެ.
 
- މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންއާއެކު ފޮނުވާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދެވިފައިވާންވާނެއެވެ.
 
- މި މަޤާމަށް އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދިނުމަށް ޕެނަލް މެންބަރުންނަށް ފެންނަ ނަމަ، އިމްތިހާނެއް ދެވޭނެއެވެ. އަދި އޭގެ ފަހުގައި އެ ފަރާތްތައް އިންޓަރވިއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 
- ޕްރެކްޓިކަލް ޓެސްޓް ދިނުމަށް ހަމަޖެހިފައިވާނަމަ އެކަން، ރަސްމީ 3 ދުވަސް ކުރިން އެ ފަރާތްތަކަށް އަންގާނެއެވެ. އަދި އެޕްލިކޭޝަން ބަލައިގަތުމަށްފަހު ދޭ ސްލިޕްގައިވާ އެޕްލިކޭޝަން/ރެފެރެންސް ނަންބަރު އަދި ޝޯޓްލިސްޓް ކްރައިޓީރިއާއިން ލިބުނު މާކްސް އެނގޭހެން ލިސްޓް ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރާނެއެވެ.
 
- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޤާބިލުކަން ވަޒަންކުރުމަށްޓަކައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެކަމަށް ޕެނަލްއިން ނިންމައިފިނަމަ، ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަންގެ ތަފްޞީލު މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހަޅަން ހަމަޖެހިފައިވާ ދުވަހުގެ 2 ދުވަސް ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތަށް އަންގާނެއެވެ.
 
- އިންޓަވިއުއަށް ޝޯޓްލިސްޓް ވި ފަރާތްތަކަށް އިންޓަވިއުއަށް ޙާޟިރުވާންޖެހޭ ދުވަހާއި ގަޑިއާ ތަން ރަސްމީ 3 ދުވަސް ކުރިން އަންގާނެއެވެ.
 
 
10. އިންޓަވިއު ކުރެވުނު ފަރާތްތަކަށް ލިބުނު ޖުމްލަ މާކުސް ދާދި އެއްވަރެއްގައި ހުރި ނަމަ، އިންޓަވިއު ޕެނަލްގެ މެންބަރުންނަށް ފެންނަނަމަ، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ މެދުގައި 2 ވަނަ އިންޓަވިއުއެއް ކުރިއަށް ގެންދެވިދާނެއެވެ. 
11. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި ޕްރެކްޓިކަލް ޓެސްޓް އަދި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން ޕްރެކްޓިކަލް ޓެސްޓް އަދި އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. 
- ވަޒީފާއަށް މީހަކު ހޮވުމުން، އެޕްލިކޭޝަން ބަލައިގަތުމަށްފަހު ދޭ ސްލިޕްގައިވާ އެޕްލިކޭޝަން/ރެފެރެންސް ނަންބަރު އަދި ސިލެކްޝަން ކްރައިޓީރިއާއިން ލިބުނު މާކްސް އެނގޭހެން ކޮމިޝަނުގެ ވެބްސައިޓުގައު މާކްސް ޝީޓް އާއްމުކުރާނެއެވެ.
 
 
13. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. 
14. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 
 |