މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ - ނޮން ކްލިނިކަލް / މިިނިސްޓްރީ އޮފް ހެލްތު

`

 

 

                      

އިޢުލާނު

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

މެޑިކަލް އޮފިސަރ – ނޮން ކްލިނިކަލް

މަޤާމުގެ ނަންބަރު:

J-387065

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ރޭންކް 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަން، ހެލްތް ސަރވިސަސް ސްޓޭންޑަރޑްސް އެންޑް ގައިޑްލައިންސް ސެކްޝަން، ސްޓޭންޑަރޑްސް އެންޑް ގައިޑްލައިންސް ޔުނިޓް

މަޤާމުގެ އަސާސީ މުސާރަ:

-/16,930 ރުފިޔާ

މަޤާމު އެލަވަންސް:

-/9,697 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/262   ރުފިޔާ

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ހެލްތު ކެއަރ ކޮލިޓީ ސްޓޭންޑަޑްސް އިން ކަނޑައަޅާފައިވާ މެޝަރަބަލް އެލިމަންޓްސް ތަކަށް ރިއާޔަތްކޮށް އޮޑިޓް ހެދުމަށް ބޭނުންވާ ސްޓޭންޑަޑްސް ތައްޔާރުކުރުން
  2. މޯލްޑިވްސް ހެލްތު ކެއަރ ކޮލިޓީ ސްޓޭންޑަޑްސް އަށް އަމަލުކުރުމުގައި ބޭނުންވާ ސްޓޭންޑަރޑް، ގައިޑްލައިން، ޕްރޮޓޮކޯލްތައް އަދި ޕްރޮސެސްތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީ މީހުންގެ ލަފަޔާ އިރުޝާދުގެ މަތިން ތައްޔާރު ކޮށް އެންޑޯސްކުރުން.
  3. ޞިއްޙީ ޚިދުމަތާއި ފަރުވާއާއި ގުޅުންހުރި ސާރވިސް އޮޑިޓްތައް ހެދުމާއި އަދި ކްލިނިކަން އޮޑިޓްތައް ހެދުމަށް ހޮސްޕިޓަލްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން އަދި އެކަންކަން ވިލަރެސް ކޮށް އަހަރުތެރޭގައި ހެދޭ އޮޑިޓްތައް ޕަބްލިޝްކުރުން
  4. ޑޮކްޓަރުން ޙިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ބޭނުންވާ ކްލިނިކަލް ޓްރީޓްމަނަޓް ގައިޑްލައިން، ނޭޝަނަލް ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީ މީހުންގެ ލަފަޔާ އިރުޝާދުގެ މަތިން ތައްޔާރުކޮށް ފާސްކުރުން.
  5. ކޮލިޓީ އެޝުއަރެންސް އެންޑް އިމްޕްރޫވްމަންޓް ޑިވިޝަނުން ކުރާ އިންސްޕެކްޝަން، މޮނިޓްރިން އަދި ކުއަލިޓީ އެސެސްމަންޓް ތަކުގައި ބައިވެރިވެ ރިޕޯޓް ތައްޔާރު ކުރުމާއި ފަންނީ ލަފާ ދިނުން.
  6. ޞިއްޙީޚިދުމަތާއި ގުޅޭ ގާނޫންތަކާއި، ގަވާއިދުތަކާއި، ސްޓޭންޑާރޑްތަކާ އެސްއޯޕީތަކަށް މީހުން އަހުލުވެރިކުރުމަށް ބޭނުންވާ އޮރިއެންޓޭޝަންތަކާ ތަމްރީނު ޕްރޮގްރާމްތައް ޓްރޭނިންގ ޑިވިޝަންއާއި އެކު ވިލަރެސްކޮށް ހިންގުން.
  7. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ކޭސްތައް / ކޮމްޕްލެއިންސްތައް ރިވިއުކުރުމަށް، އެއާ ގުޅިގެން ހޯދަންޖެހޭ އެންމެހާ ލިއެކިއުންތައް ހޯދާ ސީކުއެންސް އޮފް އިވެންޓްސް ލިއުމާއި، މައްސަލައާއި ގުޅިގެން ދަތުރުކުރަން ޖެހޭނަމަ އެދަތުރުކުރުން އަދި އިންޓަވިއުކޮށް ބަޔާން ނަގަންޖެހޭނަމަ އެކަންކުރުމާއި ކޭސްތަކުގެ ކުޑަބޮޑުމިނަށް ބަލާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖަވާބުދާރީވުން އަދި އަންގަންޖެހޭ އެންގުންތައް އެންގުން
  8. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ކޭސްތައް ރިވިއުކުރުމަށްފަހު ފާހަގަކުރެވޭ ކަންކަން އިސްލާހުކުމަށް ހަދަންޖެހޭ ސްޓޭންޑަރޑްސްތަކާއި އުސޫލުތަކާއި އެސް.އޯ.ޕީ. ތައް ހެދުން އަދި ހެދުމަށް އެހީތެރިވުން.
  9. ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ފަރުވާ އާއި ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި، ތައްޔާރުކުރުމުގައި އެހީތެރިވުން
  10. މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  11. ޑިވިޝަން ރާވާފައިވާ ގޮތަށްބަލާ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔުމުގައިއާއި ޑިސްސެމިނޭތް އެހީތެރިވުން.
  12. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިޔުލޭޝަން ޑިވިޜަންގެ މެންޑޭޓް ޙާސިލްކުރުމަށް ޑިވިޜަންގެ އޮނިގަނޑުގައި މުވައްޒަފު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ސެކްސަން ނޫން އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ނިންމުމުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  13. ޑިވިޒަން ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން
  14. ޞިއްޙީ އެމަޖެންސީތަކާ، ފެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

 

ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ)  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޖެނެރަލް މެޑިކަލް ޑޮކްޓަރ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން

7.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.

 

 

މަޤާމު

ރޭންކް

މާކްސް

މިނިމަމް

ކްރައިޓީއަރ

އަސާސީ ޝަރުތު ހަމަވުން

މެޑިކަލް އޮފިސަރ- ނޮން ކްލިނިކަލް

ޕަބްލިކް ސަރވިސް ރޭންކް 7

30

 

 

55

 

ކޮންސަލްޓަންޓް- ސްޕެޝަލިސްޓް ނޮން ކްލިނިކަލް

ޕަބްލިކް ސަރވިސް ރޭންކް 9

30

ތަޖުރިބާ

 

20

 

އިންޓަވިއު އާއި ޕްރެޒެންޓޭޝަން

 

50

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 12ނޮވެންބަރު 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ،2023 ނޮވެންބަރު/ޑިސެންބަރު މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3014416) އަށެވެ. އީ-މެއިލް ކުރާނީ ([email protected]  ) އަށެވެ.

"ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/92)) އިން ލިބެން ހުންނާނެއެވެ.

 

 

 

                                                               

                                

 

31 އޮކްޓޫބަރު 2023
ހޯދާ