ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ޤައުމީ ދާރުލްއާސާރުގެ އިމާރާތުގައި މިހާރު ބޭނުންކުރާ ލިފްޓް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 3/IUL)222-AH/INDIV/2015)ފ(23 ފެބުރުވަރީ 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ ވަރަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޤައުމީ ދާރުލްއާސާރު | ބުދަ | 11 މާރިޗު 2015 | 10:30 | 
| އަންދާސީހިސާބު ހުށަހެޅުން | ޤައުމީ ދާރުލްއާސާރު | އާދީއްތަ | 15 މާރިޗު 2015 | 10:30 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ޖުމާދަލްއޫލާ 1436
 
                    