| މަޤާމު: | އެއަރޓްރާންސްޕޯޓް އޮފިސަރ | ބޭނުންވާ އަދަދު: | 01 | 
| ސެކްޝަން: | އެއަރޓްރާންސްޕޯޓް | މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ (AT1.3 (B2 | 
| އަސާސީ މުސާރަ: | -/8،835 ރ | ސާރވިސް އެލަވަންސް: | -/4،000 ރ | 
| ނޮންޕްރެކްޓިސިން އެލަވަންސް: | -/3،975.75 ރ | ޖޮބް ޝްޕެސިފިކް އެލަވަންސް: | -/3،500 ރ | 
| ވަޒީފާ އަދާކުރަންޖެހޭތަން: | މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ | 
| ފެންވަރު ނުވަތަ ޝަރުޠު: | 
އިކޮނޮމިކްސްއިން ނުވަތަ ފައިނޭންސް އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ"ޓްރާންސްޕޯޓް އެކޮނޮމިކްސް" އިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އޯލެވެލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މެނޭޖްމަންޓް  ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް އެކުލަވައިލުމުގައި އެހީތެރިވުން.ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް ހިންގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އިޤުތިޞާދީ ހާލަތު ދެނެގަތުމަށާއި، ދެވޭ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ސާރވޭތައް ކުރުމާއި، އެފަދަ މަސައްކަތާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.ރާއްޖޭގެ އެއާރޕޯޓުތަކާއި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ދުއްވާ އެއަރލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާރލައިންތަކުގެ ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކޮށް ރިޕޯޓުކުރުން.ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރުގެ އިޤުތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެފަދަ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން. | 
| ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: | 
މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނންގއާއި ތަޖުރިބާ.މައިކްރޮސްފްޓް އޮފީސް އެކްސެލް ފަދަ ސޮފްޓްވެއަރ އަށް އަހުލުވެރިވެފައިވުން.ސިވިލް އޭވިއޭޝަނާގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން | 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް | 
| ހުށަހަޅަންޖެހޭ ލިޔުން | ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ) ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކުރެވިފައިވާ) ފޮޓޯކޮޕީ | 
| އިންޓަރވިއު ކުރުން: | އިންޓަރވިއުއަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |