މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސިޔާސަތު 2017-2026 މުރާޖާކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް

އިޢުލާން 

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސިޔާސަތު 2017-2026 މުރާޖާކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް  ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 2 ނޮވެމްބަރ  2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 8 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 5 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

9 ރަބީޢުލް ޢާޚިރު 1445

24 އޮކްޓޫބަރު 2023
ހޯދާ