ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލ. ގަން ކެމްޕަސް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެގުން.
  1. ބެޗްލަރ ޑިގްރީ އެއް (ލެވެލް 8/7 ގެ ސަނަދެއް) ތަޖުރިބާ ނެތި އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށް ފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭދާއުރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

 

ސީނިއަރ އެޑްމިން އޮފިސަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލ. ގަން ކެމްޕަސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

17

މަޤާމުގެ ޝަރުޠު:

 

  • ތަޖުރިބާއާއެކު، މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަސްގެ އިދާރާ ހިންގުމުގައި ކެމްޕަސް މެނޭޖަރުގެ އިރުޝާދުގެދަށުން އިސްނަގައި، އިދާރީ މަސައްކަތްތައް އިސްނަގައިގެން ކުރުމާއި ވިލަރެސްކުރުން.

2. ކެމްޕަސްގެ ވަސީލަތްތައްކަމުގައިވާ ލެކްޗަރ ތިއޭޓަރ، ކްލާސްރޫމް، ލައިބްރަރީ، ކޮމްޕިއުޓަރލެބް، ވާކްޝޮޕްތައް ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް މެއިންޓެއިންކޮށް ބެލެހެއްޓުން.

3. ކެމްޕަސްގެ ބަޖެޓް ބެލެހެއްޓުމާއި، ރޭވުމާއި، ދުވަހީ ހިންގުމުގައި މަސްއޫލުވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުން.

4. ޚަރަދުކުރެވޭ ފައިސާއާއި ލިބެންޖެހޭ ފައިސާގެ ލިޔެކިޔުންތައް ފައިސާއާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.

5. މައި އޮފީހުން އެދިވަޑައިގަންނަވާ މައުލޫމާތު ތަފާސްކޮށް އެއްކޮށް ޔުނިވަރސިޓީއަށް ފޮނުވުމުގައި ހަރަކާތްތެރިވުން.

6. ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް އިކްއިޕްމެންޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއެކު އެތަކެތީގެ ޙާލަތު ބެލުން.

7. އިދާރީ ހިންގުމާއި އަންނަ ސިޓީއާއި، މެސެޖާއި، އީ މެއިލް ފަދަ ތަކެއްޗަށް ކެމްޕަސް މެނޭޖަރުގެ މަޝްވަރާ ހޯދައި، އަވަސް ގޮތެއްގައި ޖަވާބުދިނުން.

8. ކެމްޕަސްގެ އިދާރީ ހިންގުމާ ގުޅޭ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

9. ކެމްޕަސްގެ އިދާރީ މުވައްޒަފުންގެ ހާޒިރީ ރެކޯޑް، ޗުއްޓީ ރެކޯޑް، މުވައްޒަފުންގެ ރެކޯޑް ފަދަ އެންމެހައި ކަންތައްތައް ބެލެހެއްޓުން

10. އެންޓްރީއާއި ޔައުމިއްޔާ ބެލެހެއްޓުން.

11. އެކައުންޓް ބާކީ ރިޕޯޓް، ޚަރަދު ރިޕޯޓް، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

12. ހާޒިރީ ރިޕޯޓާއި، އިތުރުގަޑީގެ ރިޕޯޓާއި، މުސާރަ ފަދަ މުވައްޒަފުންނަށް ދޭންވާ ހުރިހާ ފައިސާގެ ރިޕޯޓްތައް ހަދައި، މުވައްޒަފުންނަށް މުސާރަ ދިނުން.

13. ގަމުގެ ކެމްޕަސްތަކުގެ އިމާރާތްތަކާއި ފަރުނީޗަރާއި މެޝިނަރީ އިކްއިޕްމެންޓް މަރާމާތުކޮށް ބެލެހެއްޓުން.

14. ކެމްޕަހުގެ އިދާރީ މުވައްޒަފުންގެ މަސައްކަތް ރާވައިގެން ސުޕަވައިޒްކުރުމާއި، ޑިއުޓީ ތާވަލްކުރުމާއި، ރޭވިފައިވާގޮތަށް މުވައްޒަފުން ޑިއުޓީކުރޭތޯ ބެލުން.

15. ކޯސްތަކުގައި ބައިވެރިކުރުމަށް ފެކަލްޓީތަކުން ފޮނުވާ ދަރިވަރުން އަންނައިރު ދަތުރުފަތުރު ހަމަޖެއްސުމާއި، ދަތިނުވާނޭ ގޮތެއްގެ މަތިން ކަންތައް ހަމަޖެއްސުން.

16. ފެކަލްޓީތަކުން ކެމްޕަހަށް ޒިޔާރަތްކުރައްވާ އެކަޑަމިކް، އިދާރީ ބޭފުޅުންގެ އިސްތިޤްބާލަށް އެއަރޕޯޓަށް ވަޑައިގަތުމާއި ދަތުރުފަތުރުގެ އިންތިޒާމް ކުރުން.

17. ދަނާލުގައި ތިބޭ ދަރިވަރުންނާބެހޭ ކަންތައްތައް ބަލައި، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން.

18. އިދާރީ ހަރަކާތްތަކަށާއި، އެކަޑަމިކް ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި ވަސީލަތްތައް ހޯދުމާއި، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ކެމްޕަސްތައް ޒީނަތްތެރިކުރުން ފަދަ ކަންތައްތައް އިންތިޒާމްކޮށް ރޭވުން.

19. ކެމްޕަސްތަކުގައި ކުރެވޭ މަރާމާތުގެ މަސައްކަތާއި ޢިމާރާތްކުރުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ފެންވަރު ހިފެހެއްޓުން.

20. ކެމްޕަހުގައި އުފައްދާ ތަފާތު ކޮމެޓީތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

21. ތަމްރީނު ދިނުމުގައި ކެމްޕަހާ ގުޅޭ ފަރާތްތަކާ ރަނގަޅު ގުޅުންތަކެއް ޤާއިމްކޮށް، އެ ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން.

22. ކެމްޕަހުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ނިޒާމް ބެލެހެއްޓުމާއި، މިކަމާ ގުޅޭ ތަމްރީނު ދެވޭގޮތް ހަމަޖެއްސުން.

23. ކެމްޕަހުގެ ކޯސްތައް އިޝްތިހާރުކުރުމުގައި ބައިވެރިވުން.

24. ވަޒީފާއާ ގުޅޭގޮތުން ކެމްޕަހުގެ މެނޭޖަރ ހަވާލުކުރާ މިނޫން އެހެން ކަންތައްތައްވެސް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ