| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން) | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| އަސާސީ މުސާރަ: | -/8،000 ރުފިޔާ | 
| އެލެވެންސް: | ސާރވިސް އެލެވެން: -/3،000 ރުފިޔާ ޕްރޮފެޝަނަލް އެލެވެންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/125 ރުފިޔާ ފޯން އެލެވެންސް: -/300 ރުފިޔާ | 
| މަސައްކަތުގެ ގަޑި: | 
ރަސްމީ ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށްއިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވެންސް ދެވޭނެއެވެ. | 
| ފެންވަރު ނުވަތަ ޝަރުތު: | 
އިސްލާމީ ޝަރީޢާ، އިސްލާމިކް ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ޙައްޖާއި ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީނުތަކުގެ މެޓީރިއަލްތައް އެކަށައެޅުމުގައި ބައިވެރިވެ، ތަމްރީންތައް ރާވައި ހިންގުން.ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހީވާގިކަމާ އެކު މަސައްކަތްކުރުން.ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބިބަހުން ކުރަންޖެހޭ މުޢާމަލާތްތަކުގައި އިސްދައުރެއް އަދާކުރުން.ޙައްޖާއި ޢުމްރާގެ އެންމެހައި ކަންކަން ރާވައި ހިންގުމުގައި މެނޭޖަރުގެ ދަށުން މަސައްކަތްކުރުން.ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެއްބާރުލުން ދިނުން. | 
| ނޯޓް:  | މި މަޤާމަށް މީހަކު ހޮވުމުގައި ސަޢުދީ ޢަރަބިއްޔާގެ މާޙައުލު ދަންނަ ފަރާތްތަކާއި، އަދި ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަސައްކަތު ވަގުތު: | 
ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން | 
| ސުން ގަޑި: | 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. | 
| ނޯޓް: | ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| އިތުރު މަޢުލޫމާތު: | މި  މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:        މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ |