މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ލައިސެންސިން ސޮފްޓްވެއާއެއް ތައްޔާރުކޮށް، ޑޭޓާ މައިގްރޭޓްކޮށް އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ލައިސެންސިން ސޮފްޓްވެއާއެއް ތައްޔާރުކޮށް، ޑޭޓާ މައިގްރޭޓްކޮށް އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 22 އޮކްޓޯބަރ  2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ރަބީޢުލްއައްވަލް 1445

10 އޮކްޓޫބަރު 2023
ހޯދާ