ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިންސްޕެކްޓަރ

މަޤާމު: އިންސްޕެކްޓަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: މޮނިޓަރރިންގ އެންޑް އިންސްޕެކްޝަން

އަދަދު: 2

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ އުޝޫލުން

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

 • ގްރޭޑް 8 ނިންމާފައިވުން ނުވަތަ ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 • އިންސްޕެކްޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސްޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ރަށުތެރެ ބެލެހެއްޓުމެވެ. އެގޮތުން ހުޅުމާލެ މަގުތަކާއި ޕޭމަންޓް އަދި މަގުތަކުގައި ޖަހާފައިވާ ލައިޓް، ކެމެރާ، މަގުތަކުގެ ނަން ބޯޑުތައް ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުމާއި އަދި މިކަމާ ގުޅޭ މައްސަލައެއް ވާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް އެންގުން.
 • ފުލެޓް ސަރަޙައްދާއި، ފުލެޓްތަކުގެ ފާރުގައި ލިޔޭތޯ ބެލުމާއި ހޭޅިފަށުގައި އަލިފާން ރޯކުރޭތޯ ބެލުން އަދި މިކަންކަން ހުއްޓުވުން.
 • އެޗް.ޑީ.ސީ އިން ސާފުކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުން ތަންތަން ރަނގަޅަށް ސާފުކުރޭތޯ ބަލާ މައްސަލަ އެއްވާނަމަ އެކަން ރަގަޅުކުރުން.
 • ކުނި ގޮނޑު ބަލާ ޗެކްކޮށް އެތަނުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.
 • ލޯކަލް މާރުކެޓް އަދި މަސްމާރުކެޓް ފަދަ ސަރަޙައްދުތައް ޗެކްކޮށް ބެލުމާއި، މައްސަލެއްވާނަމަ އެކަމާމެދު ފިޔަވަޅު އެޅުން.
 • އެޑްމިން އިން އަންގާފައިވާ ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެ މަތިން މައި އޮފީސް ހުޅުވައި ލެއްޕުން.
 • މަސައްކަތާ ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

 • ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.
 • މަސައްކަތް ކުރެވޭނެ ޞިއްޙަތެއްގައި ހުރުން.
 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

މުސާރަ: 4300.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9007.50ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި މަޤާމުތަކުގައި އަދާކުރަންޖެހޭ ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ބާވަތުން މި މަޤާމުތަކަށް މުވައްޒަފުން އައްޔަނުކުރުމުގައި އުމުރުން 55 އަހަރަށްވުރެ ހަގު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެ އޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       

މާލެ، ދިވެހިރާއްޖެ                                                                                      

ފޯނު: 3336755                                                                                

ފެކްސް: 3335892، ނުވަތަ،   

3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: 3353535

ފެކްސް: 3358892                                                               

05 މާރިޗު 2015
ހޯދާ