ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީއަށް ތިރީގައިވާ މެޝިންތައް ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
- 01 ޕޯލްޓްރީ ފީޑް ޕެލެޓިންގ މެޝިން
 - 01 ޕޯލްޓްރީ ފީޑް ގްރައިންޑިންގ މެޝިން
 - 01 ޕޯލްޓްރީ ފީޑް މިކްސަރ
 
ވީމާ، ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
| 
 އަންދާސީހިސާބު ހުށަހެޅުއްވުމަށް  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 15 މާރިޗު 2015 އަންގާރަ ދުވަހުގެ 09:00 އަށް  | 
 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް  | 
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339232/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
