ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން
އިޢުލާން
ތާރީޚް: 03 އޮކްޓޯބަރ 2023 |
ނަންބަރ:(IUL)327-A/327/2023/266 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 03 އޮކްޓޯބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ 19 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
- ޅ.ނައިފަރު ގަބުރުސްތާނުތައް ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މާރތެލޯއިން 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައިވާގޮތަށް ސެޕްޓެމްބަރ 27 ވަނަ ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ނުކުރެވޭކަމަށް ސައިޓްލޮގުބުކްގެ ރިކޯޑުތަކުން ފެންނަން އޮތުމުން މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރެވިފައިނުވާ 1 ދުވަހުގެ ބަދަލުގައި އެފަރާތަށް އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން މަސައްކަތް ނިންމުމަށް އިތުރު 1 ދުވަސް އިތުރުކޮށްދީ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ 4.2 އަށް ބަދުލުގެންނަން ފެންނަކަމަށް ނިންމުން.
- ޅ.ނައިފަރު ގަބުރުސްތާނުތައް ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މާރތެލޯއިން 03 އޮކްޓޯބަރ 2023 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައިވާގޮތަށް ވިއްސާރަވުމުގެ ސަބަބުން އޮކްޓޯބަރ 1،2 އަދި 3 ވަނަ ދުވަހު ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވޭކަމަށް ސައިޓްލޮގުބުކްގެ ރިކޯޑުތަކުން ފެންނަން އޮތުމުން މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރެވިފައިނުވާ 3 ދުވަހުގެ ބަދަލުގައި އެފަރާތަށް އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން އެފަރާތުން އެދިލައްވާފައިވާގޮތަށް މަސައްކަތް ނިންމުމަށް އިތުރު 5 ދުވަސް އިތުރުކޮށްދީ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ 4.2 އަށް ބަދުލުގެންނަން ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 އޮކްޓޯބަރ 2023
03 އޮކްޓޫބަރު 2023
ހޯދާ