ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު:
| އެޑްމިނިސްޓްރޭޓިވް އޮފިސަރ | މަޤާމު: | 
| ޖީ.އެސް 3 (ޖެނެރަލް ސަރވިސް 3) | ރޭންކް: | 
| އޮފިސަރ ގްރޭޑް 1 | ކްލެސިފިކޭޝަން: | 
| ކޯޕަރޭޓް އެފެއާޒް | ސެކްޝަން/ ޔުނިޓް: | 
| މަހަކު -/4،465 ރުފިޔާ | މުސާރަ: | 
| މަހަކު -/1،500 ރުފިޔާ | ސަރވިސް އެލަވަންސް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ | މަޤާމު އޮތް އޮފީސް: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް /ކ. މާލެ | ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް: | 
| 1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | މަޤާމުގެ ޝަރުޠު: | 
| - އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. - މުވައްޒަފުން ރަސްމީގަޑީގައި ބޭރަށްދާގޮތުގެ ރެކޯޑް ބެލެހެއްޓުން. - ދުވަހުން ދުވަހަށް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. - އޮފީސް ހުޅުވައި ލައްޕާ މުވައްޒަފުން، އޮފީސް ހުޅުވައި ލައްޕަންވީގޮތުގެ ޓައިމް ޓޭބަލް ހެދުމާއި، ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައި ލައްޕަމުންދާގޮތުގެ ރެކޯޑް ބެލެހެއްޓުމާއި، އެ މަސައްކަތާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން. - ސެކްޝަނުން އިންތިޒާމްކޮށް ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ޑިޕާޓްމަންޓުގެ ނޭޝަނަލް މިއުޒިއަމަށް ވަންނަ ފަރާތްތަކަށް ޓިކެޓް ވިއްކުމާއި، ޑިޕާޓްމަންޓުން ވިއްކާ ފޮތާއި ބްރޯޝަރފަދަ ތަކެތި ވިއްކައި، ލިބޭ ފައިސާ ބަލައިގަތުމުގައި އެހީތެރިވުމާއި، ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި އޭގެ ހިސާބުތައް އެކައުންޓްސް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން. - އަހަރީ ރިޕޯޓް ތައްޔާރުކުރުމާ ގުޅޭ އެންމެހައި މަސައްކަތް ކުރުން. - ހުރިހާ މުވައްޒަފުން ނެރެގެން އޮފީހުން ކުރެވޭ ޚާއްޞަ ބޮޑެތި މަސައްކަތްތަކަށް މުވައްޒަފުން ހާޒިރުވާގޮތުގެ ރެކޯޑް ބެލެހެއްޓުމާއި، ޑިއުޓީ އުސޫލުން ނެރެންޖެހޭނަމަ ޑިއުޓީ ޓޭބަލް ތައްޔާރުކުރުން. - މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. | މަޤާމުގެ މަސްއޫލިއްޔަތު: | 
| އެޑްމިނިސްޓްރޭޓިވް އޮފިސަރ | މަޤާމު: | 
| ޖީ.އެސް 3 (ޖެނެރަލް ސަރވިސް 3) | ރޭންކް: | 
| އޮފިސަރ ގްރޭޑް 1 | ކްލެސިފިކޭޝަން: | 
| ހެރިޓޭޖް | ސެކްޝަން: | 
| މަހަކު -/4،465 ރުފިޔާ | މުސާރަ: | 
| މަހަކު -/1،500 ރުފިޔާ | ސަރވިސް އެލަވަންސް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ | މަޤާމު އޮތް އޮފީސް: | 
| ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ | ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް: | 
| 1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |  މަޤާމުގެ ޝަރުޠު: | 
| - ދިވެހިރާއްޖޭގެ ސަޤާފީ ތަރިކައިގެ ލިސްޓާއި، އާސާރީ ތަރިކައިގެ ލިސްޓް މުރާޖަޢާކުރުން. - ސެކްޝަނުން ބައިވެރިވާ ބައްދަލުވުންތައް އިންތިޒާމްކޮށް އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ސަޤާފީ ތަރިކައާއި އާސާރީ ތަރިކައާބެހޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ހޯދައިދިނުން. - ސެކްޝަނަށް އަންނަ ލިޔުންތަކާއި، ސެކްޝަނުން ފޮނުވާ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭގޮތަށް ބެލެހެއްޓުން. - ހެރިޓޭޖް ސެކްޝަން/ޔުނިޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރާ ކަރުދާސް ފަދަ ތަކެތި ތައްޔާރުކުރުމުގައި އިދާރީގޮތުން އެހީތެރިވުން. - އާސާރީ ތަންތަން ބެލެހެއްޓުމުގެ ޤަވާޢިދުތަކާއި އުޞޫލުތައް ތައްޔާރުކުރުމުގައި އެހީތެރިވުން. - ދިވެހިންގެ މާއްދީ ތަރިކައާއި މަޢުނަވީ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް، މިކަމާމެދު ދިވެހިން ހޭލުންތެރިކުރުމަށް ތަރިކައާބެހޭ ފޮތް، ސީޑީ ފަދަ ތަކެތި ތައްޔާރުކުރުމަށްޓަކާއި ހޯދަންޖެހޭ މަޢުލޫމާތު އެއްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން. - ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. |  މަޤާމުގެ މަސްއޫލިއްޔަތު: | 
| - މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ. | އުޖޫރައާއި ޢިނާޔަތްތައް: | 
| - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން، އެ ފަރާތްތަކަށް ފޯމް ފޮނުވައިދެވޭނެއެވެ.) - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން. - ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުން. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް، މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް) - ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ) | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި، އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | އިންޓަވިއު ކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން: | 
| - ތަޢުލީމާއި ތަމްރީނު. - މަސައްކަތުގެ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް. | ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | ސްކްރީންކުރުން: | 
| ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. | ޝޯޓްލިސްޓް ކުރުން: | 
| 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) | ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3340207 ނަންބަރު ފޯނަށް ނުވަތަ 3323206 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. | އިތުރު މަޢުލޫމާތު: | 
14 ޖުމާދަލްއޫލާ 1436
 
                    