ދިވެހިރާއްޖެ
ރެފްރިޖަރެންޓެއްގެ ގޮތުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ބޭނުންކުރާ ތަކެއްޗާއި މެޝިނަރީ/މެޝިނަރީތައް، އޯޒޯން ފަށަލައަށް ގެއްލުން ނުދޭ، ތިމާވެށްޓާ ރައްޓެހި ގޭހަކަށް ބަދަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު IUL)30-C/1/2014/110) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތު ހިމަނާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
| 
 އަންދާސީހިސާބު ހުށަހެޅުއްވުމަށް  | 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
| 
 17 މާރިޗު 2015 އަންގާރަ ދުވަހުގެ 10:00 އަށް  | 
 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް  | 
މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
