ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ
މި އޮތޯރިޓީގެ ފަރާތުން ސ. ގަމުގައި ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.
| މަގާމް: | އެގްޒާމް އިންވިޖިލޭޓަރ | 
| ބޭނުންވާ އަދަދު: | 03 | 
| ވަޒީފާގެ ބާވަތް: | 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް | 
| އުޖޫރަ ދެވޭނެގޮތް: | އިންވިޖިލޭޓްކުރާ ކޮންމެ އިމްތިހާން ސެޝަނަކަށް -/300 ރުފިޔާ | 
| ފެންވަރު ނުވަތަ ޝަރުތު: | 1- ދިވެހި ރައްޔިތަކަށްވުން 2- އުމުރުން 18 އަހަރު ފުރިފައިވުން 3- އޯ ލެވަލް އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން ނޯޓް: އިންވިޖިލޭޓަރުން ހޮވުމުގައި ކުރިން އިންވިޖިލޭޓްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. | 
| މަސައްކަތް ކުރަންޖެހޭ ގަޑިތައް: | އިމްތިހާން ބޭއްވުމަށް އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން ބޭއްވޭ ގަޑިތައް | 
| މަސްޢޫލިއްޔަތު: | އިމްތިޙާން އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލު ބެލެހެއްޓުމާއި މިނޫންވެސް ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މިއޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ކުރުން | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޙާއި ތަން : | 4 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް | 
| ހުށަހަޅަންޖެހޭ ލިޔުން: | 1- އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު) 5- ކުރިން އިންވިޖިލޭޓް ކޮށްފައިވާ ފަރާތެއްނަމަ، އިންވިޖިލޭޓްކޮށްފައިވާކަން އެނގޭނެ ލިޔުން 6- 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް | 
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ ފޯން ނަންބަރު 3027202 އަށް ގުޅުއްވުން އެދެމެވެ. މި ވަޒީފާގެ އިންޓަރވިއު ކުރިއަށްދާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. | 
19 ސެޕްޓެމްބަރ 2023
 
                    