ދިވެހިރާއްޖެ
އިޢުލާން
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން |
އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ ތިރީގައި މިދަންނަވާ ނަމްބަރ ފިހާރަތައް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.
ފިހާރަ ނަމްބަރ 2، ފިހާރަ ނަމްބަރ 3، ފިހާރަ ނަމްބަރ 5
އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ ސިޓީބާޒާރުގެ ފިހާރަތައް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން 2023 މާޗް 14 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް މި ފޯމްސެޓް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިންފޮމޭޝަން ސެޝަން |
21 ސެޕްޓެމްބަރ 2023 ބުރާސްފަތި 10:00 |
ޕްރޮޕޯސަލް ހުށަހެޅުން |
28 ސެޕްޓެމްބަރ 2023 ބުރާސްފަތި 10:00 |
އިންފޮމޭޝަން ސެޝަން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި ސިޓީބާޒާރުގައެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
04 ރަބީޢުލްއައްވަލް 1445
19 ސެޕްޓެމްބަރ 2023