ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | ރޭންކް: ޖީ.އެސް 3 | |
| އަދަދު | 1 (އެކެއް) | 
 | |
| މަސައްކަތް ކުރަންޖެހޭ ތަން | ކްރިމިނަލް ކޯޓު | ||
| އަސާސީ މުސާރަ | -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) | ||
| މި މަޤާމަށް ލިބޭ އެލަވަންސް | - ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަ ސަތޭކަރުފިޔާ) - ލިވިންގ އެލަވަންސް: -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. | ||
| މަޤާމުގެ އަސާސީ ޝަރުޠު | 1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައުޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | ||
| މަޤާމުގެ މަސްއޫލިއްޔަތު | 1- ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާ، ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން. 2- ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން. 3- ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން. 4- ރެކޯޑިންގ ބަޔާންތައް ލިޔުން. | ||
| އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި | 1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު. 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މި ބަޔަށް މާކްސް ދިނުމުގައި ގުނޭނީ، ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާއަދާކޮށްފައިވާނަމައެވެ. މި ލިޔުމުގައި، އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.) | ||
| ސުންގަޑި | 2015 މާރިޗު 10 ވަނަ ދުވަހުގެ 14:00 | ||
| އިތުރު މަޢުލޫމާތު | 
 | ||
| 5 ޖުމާދަލްއޫލާ 1436 | |||
 
                    