މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ސައިން ލޭންގުއޭޖް އިންޓަރޕްރިޓަރުން ހޯދުމަށް

 

އިޢުލާން

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ސައިން ލޭންގުއޭޖް އިންޓަރޕްރިޓަރުން ހޯދުމަށް

 

މަޤާމު

ޢަދަދު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

 

ސައިންލޭންގްއޭޖް އިންޓަރޕްރިޓަރ

 

3 (ތިނެއް)

ދީނީ ޕްރޮގްރާމްތައް

 ސައިންލޭންގްއޭޖަށް އިންޓަރޕްރިޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން

 

އިސްލާމިކް އެފެއާޒްގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ސައިން ލެންގްއޭޖަށް އިންޓަރޕްރިޓް ކޮށް ދިނުން

އިންޓަރޕްރިޓް ކޮށްދެއްވާ ކޮންމެ ޚުތުބާއަކަށް-/500 (ފައްސަތޭކަ) ރުފިޔާ އަދި ހުށަހަޅައިދޭ ކޮންމެ ދީނި ޕްރޮގްރާމްއަކަށް -/200 (ދުއިސައްތަ) ރުފިޔާ.   

 

މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ މަސައްކަތައް ނިކުންނަ ދުވަހުންފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ ދީނީ ޕްރޮގްރާމްތައް ސައިންލޭންގްއޭޖަށް އިންޓަރޕްރިޓް ކުރުމުގެ ޤާބިލްކަން ހުރިތޯ ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ލިބިފައިވާ ތައުލީމާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ، ސީވީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާގެ ލިޔުން އަދި ޕޮލިސް ރިޕޯޓާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުމަށް އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020254 ފޯނަށް ގުޅުއްވުން އެދެމެވެ.

ޕޫލަށް ސައިންލޭންގުއޭޖް އިންޓަރޕްރިޓާސް ހޮވުމުގައި ބަލާނެ ކަންތައްތައް.

  • ސައިން ލެންގްއޭޖް އިންޓަރޕްރިޓަރުން ހޮވުމުގައި ސައިންލޭންގުއޭޖް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
19 ސެޕްޓެންބަރު 2023
ހޯދާ