މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ސެޕްޓެމްބަރ 19އިން 24އަށް އެމް.އެން.ޑީ.އެފްއިން ލ.ކައްދޫގައި ކުރިއަށްގެންދާ ތަމްރީނު އާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ސެޕްޓެންބަރު 19 އިން 24 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ. ކައްދޫ އިރު ދެކުނު ފަރާތުން 3800 މީޓަރު ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

 ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

19 ސެޕްޓެންބަރު 2023
ހޯދާ