ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ނަމްބަރ: (IUL) 252/252/2023/62 އިޢުލާނާއި ގުޅިގެން " ޓޫރިސްޓް ވިލެޖުގެ " ބިންތަކަށް ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވާނެކަން، މިބިންތަކަށް ޕްރޮޕޯޒަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އާއްމު ކުރެވިފައިވާ ވަގުތީ ނަތީޖާ އާމެދު ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ 21 ސެޕްޓެމްބަރ 2023 ވާ ( ބުރާސްފަތި ) ދުވަހުގެ 13:30 ގެ ކުރިން ލިޔުމުން ނުވަތަ ޢީމެއިލް މެދުވެރިކޮށް މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރާނަމަ މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ވަކި ބިމެއްގެ ނަތީޖާއާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި އެބިމަކަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.