ދިވެހިރާއްޖެ
| ބީލަމުގެ ނަން: | އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް | ޕްރޮޖެކްޓްނަންބަރު: | (PROJ)339/2023/11 | 
 | 
| އިޢުލާނު ނަންބަރު: | (IUL)339-CAA/339/2023/69 | އިޢުލާނުގެ ވަނަ: | 1 ވަނަ | 
 | 
| ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން | "އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުންމުގެ މަސައްކަތް" މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2023 ސެޕްޓެންބަރު 21 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި [email protected] މެއިލް ކުރެއްވުމުން ރަޖިސްޓަރީކޮށް މެއިލްއަށް ޖަވާބު ދޭނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނަށް ބައިވެރި ވެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ. | |||
| ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން | މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެއެވެ. | |||
| ބީލަން ހުޅުވުން | މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި "އއ. ތޮއްޑޫ މަސްޖިދުލް ޢާއިޝާ ފޮޅާސާކޮށް ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަންވާނެ އެވެ. | |||
| އިތުރު މަޢުލޫމާތު | މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ. | |||
 
                    