ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖު އަދި ޢުމްރާގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖު އަދި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވަޑައިގަންނަވާ ޙައްޖާޖީން ހުޅުލޭ އިބުރާހީމު ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި އެބުރި ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤުވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާބެހޭ މަޢުލޫމާތު ދިނުން
05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ދިހަގަޑި ސުންމިނެޓް (10:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ކަރުދާސް ހުޅުވުން
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ދުވަހު މެންދުރު ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
| އެޑްރެސް: | އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ | 
| ފޯނު ނަންބަރު: | +960 3011000 | 
| ފެކްސް: | +960 3011004 | 
| ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: | ޔޫސުފް ނައީމް | 
| އީމެއިލް: | 
މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީމެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.
ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި އެއީ GMT+5:00 އެވެ.
 
                    