މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 ސެޕްޓެމްބަރ 13އިން 16އަށް ލ.ކައްދޫ، ލ.ގާދޫ، ލ.ކަޅައިދޫގައި އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ސެޕްޓެމްބަރ 13 އިން 16 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަދި 00:00 އިން 06:00 އަށް ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ.ކައްދޫ، ލ.ގާދޫ އަދި ލ.ކަޅައިދޫގެ މަތިން 100 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 50 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

07 ސެޕްޓެންބަރު 2023
ހޯދާ