މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ސެޕްޓެމްބަރ 11އިން 17އަށް ލ.ކައްދޫގައި އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ސެޕްޓެމްބަރ 11 އިން 17 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ.ކައްދޫ އިރުދެކުނު ފަރާތުން 4700 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 ސެޕްޓެންބަރު 2023
ހޯދާ