މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް

މަޤާމުގެ މުސާރަ: -/3875 ރުފިޔާ

ސަރވިސް އެލަވަންސް:  -/1000 ރުފިޔާ

މަޤާމުގެ ރޭންކް: އެސް.އެސް 3

ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 3

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

  1. ކިޔަވައިދިނުމަށް ބޭނުންވާ ހޭންޑްއައުޓާއި ވޯކްޝީޓްފަދަ ތަކެތި ޕްރިންޓްކޮށް، ކިޔަވައިދިނުމަށް ދަތިނުވާނެގޮތުގެ އިންތިޒާމު ހަމަޖެއްސުން.
  2. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބޭއްވޭ ޓެސްޓްތަކާއި، އިމްތިޙާނުތަކުގެ ޕޭޕަރުތައް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ޕްރިންޓްކުރުން.
  3. ކިޔަވައިދިނުމަށް ބޭނުންކުރާ މުޤައްރަރާއި މަންހަޖު ފަދަ ތަކެތި ޕްރިންޓްކޮށް، ލީޑިންގ ޓީޗަރުންގެ އިރުޝާދުގެމަތިން މުދައްރިސުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ސްކޫލުން އެކުލަވައިލާ، ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާ ގުޅޭ ތަފާތު ޕޮލިސީތަކާއި އުސޫލުތައް ޕްރިންޓްކޮށް، ދަރިވަރުންނާއި މުވައްޒަފުންނާއި، ސްކޫލާ ގުޅުންހުރި ފަރާތްތަކުގެ ތެރެއިން އެތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް ފަދަ ސަރުކާރުގެ އިދާރާތަކުގެ، މުވައްޒަފުންނާއި ސްކޫލުތަކުގެ ކިޔަވައިދިނުމާ ގުޅުންހުންނަ ޤަވާޢިދުތަކާއި ޕޮލިސީތައް ޕްރިންޓްކޮށް، މުވައްޒަފުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  6. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޭނުންވާ މެޓީރިއަލްސް، ކަނޑައެޅިފައިވާ އުސޫލުގެމަތިން ޕްރިންޓްކުރުން.  
  7. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކުގެ ސެޓްފިކޭޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެ، ސެޓްފިކެޓްތައް ޕްރިންޓްކުރުން.  
  8. އެކި އެކި ރަސްމިއްޔާތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތު ކާޑާއި، ބެނާ، ލީފްލެޓްފަދަތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން.
  9. ސްކޫލަކީ، ކިޔެވުމާއި ކިޔަވައިދިނުމާ ރައްޓެހި ތަނެއްގެގޮތުގައި ދެމެހެއްޓުމަށްޓަކައި ކިޔެވުމާއި ކިޔަވައިދިނުމާ ގުޅޭ އެކި އެކި ޝިޢާރުތައް ތައްޔާރުކޮށް، އެފަދަ ތަކެތި ޑިސްޕްލޭކުރުމުގައި އެހީތެރިވެދިނުން. 
  10. ޕްރިންޓްކުރުމަށް ބޭނުންކުރާ، ކަރުދާހާއި، ކާޓްރިޖް ފަދަ ތަކެތި، ޕްރިންޓްކުރުމަށް ދަތިނުވާނޭހެން ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.
  11. ޕްރިންޓްކުރުމަށް ބޭނުންކުރާ ޕްރިންޓަރ، ޗާޕްމެޝިން ފަދަ ތަކެތި ސަރވިސްކޮށް، މަރާމާތުކުރަން ޖެހޭނަމަ، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 5 އާއި 12 އާ ދެމެދުގައި މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ޓްރާންސްކުރިޕްޓްގެ ކޮޕީ.

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އ. މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށެވެ. އީމެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.  

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މުޙްޔިއްދީން ސްކޫލުގެ 3390635 ނަންބަރު ފޯނަށް ނުވަތަ 3390634 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 5 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ