ދިވެހިރާއްޖެ
| ވަޒީފާގެ ފުރުޞަތު | |
| މަޤާމު: | ހިއުމަން ރިސޯސް އޮފިސަރ | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| އަސާސީ މުސާރަ: | -/5,000 | 
| އެލެވެންސް: | 
 ފޯން އެލަވަންސް: -/200 ރުފިޔާ | 
| އިތުރު ގަޑި: | ރަސްމީ ގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް ދެވޭނެއެވެ. | 
| ފެންވަރު ނުވަތަ ޝަރުޠު: | 
 | 
| މަސްއޫލިއްޔަތު: 
 | - މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރުން. - މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރެވިދާނެ ގޮތްތައް ފާހަގަކޮށް އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން. - ކޯޕަރޭޝަންގެ އިދާރީ އޮނިގަނޑު ސިސްޓަމުން ފަސޭހައިން ފެންނާނެހެން ބަލަހައްޓައި، ވެބްސައިޓްގައި ޖެހުމާއި، އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދީ، އަދި އޮނިގަނޑަށް ގެނެވޭ ބަދަލުތައް އަޕްޑޭޓްކުރަމުން ގެންދިއުން. - ކޯޕަރޭޝަންގެ މަޤާމުތަކުގެ ވަޒީފާ ބަޔާން ތައްޔާރުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. - މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ފާހަގަކޮށް އެ ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. - މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން. - މުވައްޒަފުންގެ އެޓެންޑެންސް ރިވިއު މަހުން މަހަށް ތައްޔާރުކޮށް ސްޕަވައިޒަރަށް ފޮނުވުން. - ކޯޕަރޭޝަންގެ މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން. - އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. | 
| މަސައްކަތު ވަގުތު: | - ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި) - ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | 
| ސުން ގަޑި: | 02 މާރިޗު 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. | 
| ނޯޓް: | ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| އިތުރު މަޢުލޫމާތު: | މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ | 
 
                    