ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ރިސަރޗް ފެލޯ

މަޤާމް :ސީނިއަރ ރިސަރޗް ފެލޯ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ރިސަރޗް ފެލޯ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް  / ކ. މާލެ

މަޤާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު  21,432 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 12,275 ރުފިޔާ

ހާޒިރީ އިނާޔަތް:

332 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް، އަހަރަކަށް 250,000 ރުފިޔާ އާހަމައަށް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވަލް 7 އަދި ލެވަލް 9 އަދި ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަސައްކަތާ ގުޅޭ ދާއިރާގައި ލެވެލް 9 ގެ ސަނަދު ހާސިލުކުރުމަށްފަހު 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި؛
  • ޕިއާރ ރިވިއުޑް ރިސަރޗް ޖާނަލްއެއްގައި މަދުވެގެން 3 އާޓިކަލް ޝާއިޢުކޮށްފައިވުން.

 ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ރިސާރޗް އެންޑް ޕަބްލިކޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސާރޗް

ތަޢުލީމީ ރޮނގުތައް: ހުޅުވާލެވިފައި (ވަކި ރޮނގަކަށް ޚާއްޞައެއް ނޫން)

ޕްރިފަރޑް ޑިސިޕްލިންތައް: ހުޅުވާލެވިފައި (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

ކޯ ޑިސިޕްލިންތައް: ހުޅުވާލެވިފައި (ވަކި ޑިސިޕްލިންއަކަށް ޚާއްޞައެއް ނޫން)

 

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވައިދިނުމާ ގުޅޭ މަސައްކަތް

  1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
  2. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން.
  4. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން.
  5. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގެ މަސައްކަތް އިސްނަގާ ކުރުން.
  6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
  7. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
  8. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިނުން.
  9. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އަމިއްލައަށް އިސްނަގައި މަސައްކަތްކުރުން.
  10. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ތަމުރީނުތަކާއި ހަރަކާތްތަކުގައި ބައިވެރިވުން.

ރިސާޗް އެންޓަޕްރައިޒް އަދި ރިސަރޗް ސްކޮލަރޝިޕް

  1. ރިސާޗް ޕްރޮޖެކްޓްތަކުގައި ޕްރިންސިޕަލް އިންވެސްޓިގޭޓަރ ނުވަތަ ކޯ އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  2. ހަވާލުކުރެވިފައިވާ ރިސާރޗްތަކުގެ ޑޭޓާ އެއްކުރުމާއި، ތަޙުލީލުކުރުމާއި، ރިޕޯޓްކުރުން.
  3. ޔުނިވަރސިޓީ އަދި ޔުނިވަރސިޓީން ބޭރުގެ ރިސާޗް ފަންޑިންގ ހޯދުމަށް ގްރާންޓް ޕްރޮޕޯސަލް ލިޔުމާއި ޔުނިވަރސިޓީއިން ކަނޑައަޅާ މިންވަރަކަށް ފަންޑިންގ ހޯދުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ޤަޢުމީ އަދި ބައިނަލްއަޤްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް ބޮޑީސް އަދި އެހެން ޔުނިވަރސިޓީތަކާއި މުވައްސަސާތަކާއިގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ރިސާރޗް މަސައްކަތް ކުރުން.
  5. ޔުނިވަރސިޓީއިން ކަނޑައަޅާ ޓާރގެޓްތަކާއި އެއްގޮތަށް ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއުކުރުން.
  6. އިންޑިވިޖުއަލް ނުވަތަ ކޯލަބަރޭޓިވް ރިސާރޗް ޕްރޮޖެކްޓްތައް ހިންގުން.
  7. ދިރާސާގެ މަޤްޞަދުތަކާއި މަޝްރޫޢުތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުން.
  8. ފައިސާ ލިބޭ މަސްދަރުތައް ދެނެގަނެ، ފަންޑިންގ ހޯދުމުގެ ޙަރަކާތްތައް ރާވާ ހިންގުން.
  9. ގްރާންޓް ޕްރޮޕޯސަލް ތަކާއި، ޖާރނަލް އާރޓިކަލްތައް އަދި ކުދި ޕްރޮޖެކްޓްތަކުގެ ރިޕޯޓްތައް ކްރިޓިކަލްކޮށް އެނަލައިޒްކުރުމާއި، އުފެއްދުންތެރި ފާޑުކިޔުންތެރިކަމާއެކު މުރާޖަޢާކުރުން.
  10. އެހެންފަރާތްތަކާއި ގުޅިގެން އެކުލަވާލެވޭ ޖާރނަލް އާރޓިކަލް ތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިއު ކުރުން.
  11. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތަކާއި ގުޅިގެން ހުށަހެޅޭ އެބްސްޓްރެކްޓްތައް، ޕްރެޒެންޓޭޝަންތަކާއި ޕޯސްޓަރ ފަދަ އެންމެހާ ހުށަހެޅުންތައް ރިވިއުކުރުން.
  12. ޑިސިޕްލިންއާއި ގުޅޭ ޕޮލިސީ ބްރީފް، ވައިޓް ޕޭޕަރ، ރިޕޯޓް، ކޮންފަރެންސް، އަދި ޕިއަރ ރިވިއުޑް ޕަބްލިކޭޝަންސްތަކަށް ލިޔުން ނުވަތަ ކޮންޓްރިބިއުޓްކުރުން އަދި ދިރާސާގެ ހޯދުންތައް އާންމުކުރުން.
  13. ކޮންފަރެންސްތަކުގައި ޕްރެޒެންޓޭޝަންތައް ދިނުން ނުވަތަ އެކަށީގެންވާ އެހެން އިވެންޓްތަކުގައި މަސައްކަތް މައުރަޒުކުރުން/އެގްޒިބިޓް ކުރުން.
  14. ދިރާސާގެ ނަތީޖާ ވަޒަންކޮށް، މާނަކޮށް، އެސެސްކުރުން.
  15. ދިރާސާގެ ނަތީޖާތައް ތަންފީޒުކުރުމަށް ބޭނުންވާ ރެކޮމެންޑޭޝަންތައް އެކުލަވާލާ ކޮންސެޕެޓް ޕްލޭންތައް ހެދުމުގައި އެހީތެރިވެދިނުން.
  16. ދިރާސާ ކުރާނެ ޕްރޮގްރާމްތަކާއި މެތޮލޮޑޮޖީސްތަކާއި ގުޅޭ ގޮތުން ގޮތް ނިންމުމާއި، މިންގަނޑުތައް ކަނޑައެޅުން
  17. ޢިލްމު އުފެއްދުމާއި، ޢިލްމު އެކްސްޗޭންޖް ކުރުމާއި، ޢިލްމު ޓްރާންސްފަރކުރުމުގައި މަތީ ދަރަޖައެއްގައި ޙިއްޞާވެ ހަރަކާތްތެރިވުން.
  18. ފެކަލްޓީތަކާއި ގުޅިގެން ކުރާ ދިރާސާއަށް ޓެކްނިކަލް އެހީ ފޯރުކޮށްދިނުން.
  19. ޔުނިވަރސިޓީގައި ދިރާސާ ކުރާފަރާތްތަކަށް ބޭނުންވެއްޖެ ހާލަތެއްގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން
  20. އެކްސްޓަރނަލް ލިއޭޝަންގައި ބައިވެރިވެ ތަރައްޤީކުރުމާއި، ކޮންސަލްޓެންސީ ޕްރޮޖެކްޓްތައް ހޯދުމާއި ނެޓްވޯކިންގ ހަރަކާތްތަކާއި ގުޅުންތައް ބިނާކުރުން.
  21. ލިބިފައިވާ ޢިލްމާއި ތަޖުރިބާވެރިކަން ފުޅާކޮށް، ބަދަލުކޮށް، ޑިސިޕްލިންއާ އެކަށީގެންވާ ގޮތަށް ދިރާސާއަށް ބޭނުންކުރުން
  22. ފިކުރީ ވިސްނުން ފުޅާކުރުމަށްޓަކައި އާ ކޮންސެޕްޓްތަކާއި ޚިޔާލުތައް ތަރައްޤީކޮށް ވުޖޫދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  23. ދިރާސާގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ކަނޑައެޅިފައިވާ މުއްދަތަށް ހާޞިލްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް އިސްނަގައިގެން ހައްލުކުރުން.
  24. އާމްދަނީ ހޯދޭނެފަދަ ރިސާޗް މަސައްކަތްތަކާއި ވިސްނުން ތައް އެކުލަވާލުން ލީޑިން އެޖް ޕްރެކްޓިސްއަށް ނުފޫޒު ފޯރުވޭނެ ފަދަ ދިރާސާތައް ކުރިއެރުވަން މަސައްކަތް ކުރުން.

މީހުންނާއި ވަސީލަތްތައް ބެލެހެއްޓުން

  1. ރިސާޗް ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުން.
  2. ރިސާޗް ޓީމްތަކުގައި ނުވަތަ ޕްރޮޖެކްޓްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  3. އެހެން މުވައްޒަފުންނަށް މެންޓަރކޮށްދިނުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ލަފާދިނުން.
  4. އެހެން މުވައްޒަފުންގެ ދިރާސާގެ އުކުޅުތައް ތަރައްޤީކުރުމުގައި ކޯޗުކޮށްދީ އެހީތެރިވުން.
  5. ދިރާސާއާ ގުޅުންހުރި ޕްރޮޓޮކޯލްތަކާއި، މޮޑެލްތަކާއި، އިންސްޓްރޫމެންޓޭޝަން ބޭނުންކުރުމުގައި ރިސަރޗް ހައްދަވާ ބޭފުޅުންނަށް ތަމްރީނުދީ މެންޓަރކުރުން.
  6. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ތަކާއި ކޮމިޓީތަކުގައި ބައިވެރިވުމާއި، ގުޅިގެން މަސައްކަތްކުރުން.
  7. ފީލްޑް ނުވަތަ ލެބޯޓްރީ ރިސާޗާ ގުޅޭ އިންސްޓްރޫމަންޓް އާއި އެހެނިހެން ވަޞީލަތްތައް ހޯދުމަށް ރެކޮމެންޑް ކުރުމާއި، ލިބޭ ތަކެތި ޔުނިވަރސިޓީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިގޮތެއްގައި ބެލެހެއްޓުން، އަދި ޔުނިވަރސިޓީގެ ފަރާތްތަކަށް އެތަކެތި ބޭނުންކުރުމަށް މަގުފަހިކުރުން.

އިދާރީ އަދި އެހެނިހެން މަސައްކަތް

  1. ޔުނިވަރސިޓީއިން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން.
  2. އެމްއެންޖޭއާރް ގެ ރިވިޔުކުރިޔަށްދާގޮތް ބެލެހެއްޓުމާއި އެޑިޓޯރިއަލް މަސައްކަތް ކުރުން އަދި އިންޑެކްސް ކުރުމުގެ މަސައްކަތްކުރުމާއި ސުޕަވައިޒްކުރުން.
  3. ރިސާރޗާރސް ލަންޗް، އިލްމީ ފޯވަހި، ދަރިވަރުންގެ ރިސާރޗް ފޯރަމް، އަދި އެހެނިހެން ފަރާތްތަކުން ބާއްވަން އެދޭ ފޯރަމްތައް ރާވާ ހިންގުމާއި ސުޕަވައިޒްކުރުން.
  4. ހިނގަމުންދާ ރިސާޗް ޕްރޮޖެކްޓްތަކާއި ގްރާންޓްތައް މެނޭޖްކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރުން.
  5. ރިސަރޗް އެތިކްސްއާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  6. ޔުނިވަރސިޓގައި ހަދާ ރިސަރޗްތަކުގެ ޕްރޮޕޯސަލް ރެޖިސްޓަރ ކުރުން.
  7. ޔުނިވަރސިޓީ އާއި ގުޅިގެން ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތައް އިންތިޒާމް ކުރުމުގެ އެންމެހާ ކަންކަމުގައި އިސްނަގައި ބައިވެރިވުން.
  8. ބޭރުގެ ފަރާތް ތަކުން ޔުނިވަރސިޓގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ދިރާސާތަކަށް ހުއްދަ ދިނުމާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  9. ޕޯސްޓް ގްރެޖުއޭޓް ކުދިންނަށް ބޭނުންވާ ރިސަރޗް ތަމްރީން ތައް ދެނެގަނެ އިސްނަގައިގެން އެފަދަ ސެޝަންތައް ބޭއްވުމާއި ހަޔަރ ޑިގްރީސް ކޮމިޓީން ހަވާލު ކުރެވޭ ޕޯސްޓްގްރެޖުއޭޓް ކުދިންގެ ކަންކަން ކުރުން.
  10. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި ފެކަލްޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މެނޭޖުމަންޓުން ކުރާ މަސައްކަތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި އެހީތެރިވެދިނުން.
  11. ޔުނިވަރސިޓީ އަދި ފެކަލްޓީތަކުގައި ޤާއިމްކުރެވޭ ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ގެ އުސޫލް ތައް ދެމެހެއްޓުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  12. ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުމުގައި އިސްނެގުން
  13. ކިޔަވައިދޭ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއި އެކަންކަމަށް އަހުލުވެރިވުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

-

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް)

15

އިންޓަރވިއު

50

 

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2023 ސެޕްޓެންބަރު 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://t.ly/P45cS

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 2023 ސެޕްޓެންބަރު 07 އާ 2023 އޮކްޓޫބަރު 07 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

 

  • އިއުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުއްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަސް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
29 އޮގަސްޓް 2023
ހޯދާ