| މަޤާމު: | އެއަރޓްރާންސްޕޯޓް އޮފިސަރ | ބޭނުންވާ އަދަދު: | 01 | 
| ސެކްޝަން: | އެއަރޓްރާންސްޕޯޓް | މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ AT1.3 (B2 | 
| އަސާސީ މުސާރަ: | -/8835 ރ | ސާރވިސް އެލަވަންސް: | -/4000 ރ | 
| ނޮންޕްރެކްޓިސިން އެލަވަންސް: | -/3975.75 ރ | ޖޮބް ޝްޕެސިފިކް އެލަވަންސް: | -/3500 ރ | 
| ވަޒީފާ އަދާކުރަންޖެހޭތަން: | މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ | 
| ފެންވަރު ނުވަތަ ޝަރުޠު: | 
އިކޮނޮމިކްސްއިން ނުވަތަ ފައިނޭންސް އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެސް .އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،"ޓްރާންސްޕޯޓް އެކޮނޮމިކްސް" އިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން  ދައްވެގެން "ސީ" ފާސް ލިބިފައިވުން އަދި އޯލެވަލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މެނޭޖްމަންޓް ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާ، އުސޫލުތައް އެކުލަވައިލުމުގައި އެހީތެރިވުންރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް ހިންގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށާއި، ދެވޭ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ސާރވޭތައް ކުރުމާއި، އެފަދަ މަސައްކަތާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.ރާއްޖޭގެ އެއާރޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކޮށް ރިޕޯޓުކުރުން.ބައިނަލް އަޤްވާމީ ވައިގެ ދަތުރުފަތުރުގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެފަދަ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން. | 
| ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: | 
މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިންގއާއި ތަޖުރީބާ.މައިކްރޮސްފްޓް އޮފީސް އެކްސެލް ފަދަ ސޮފްޓްވެއަރ އަށް އަހުލުވެރިވެފައިވުން.ސިވިލް އޭވިއޭޝަން އާއިގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން | 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް | 
| ހުށަހަޅަންޖެހޭ ލިޔުން | 
ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކުރެވިފައިވާ) ފޮޓޯކޮޕީ | 
| އިންޓަރވިއު ކުރުން: | އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |